ޚަބަރު
ސަރުކާރަށް ހެޔޮ ބަދަލުތަކެއް ގެނައުމަށްޓަކައި 10 ވަޒީރަކު އިސްތިޢުފާ ދެއްވައިފި
ސަރުކާރުގެ ކެބިނެޓް ބައްދަލުވުމުގެ ތެރެއިން ފޮޓޯ: ރައީސް އޮފީސް
ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށާއި، ދައުލަތުގެ ހިންގުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުޞަތު ދެއްވުމުގެ ގޮތުން، ކެބިނެޓްގެ 10 ވަޒީރަކު މިއަދު އިސްތިޢުފާ ހުށަހަޅުއްވައިފިއެވެ. މި ބޭފުޅުންގެ އިސްތިޢުފާ ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަދު ޤަބޫލުފުޅުކުރައްވާފައެވެ.
މިއަދު މަޤާމުން އިސްތިޢުފާ ދެއްވި ވަޒީރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ:
- މިނިސްޓަރ އޮފް ޑިފެންސް، މުޙައްމަދު ޣައްސާން މައުމޫން
- މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ޑޮކްޓަރ ޢަބްދުﷲ ޚަލީލް
- މިނިސްޓަރ އޮފް ހެލްތް، ޢަބްދުﷲ ނާޡިމް އިބްރާހީމް
- މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް، ޠާރިޤު އިބްރާހީމް
- މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް، ޑޮކްޓަރ ޢާއިޝަތު ޝިހާމް
- މިނިސްޓަރ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް، އާދަމް ނަޞީރު އިބްރާހީމް
- މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ، ޑޮކްޓަރ މަރްޔަމް މާރިޔާ
- މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް، އިބްރާހީމް ވަޙީދު
- މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް، އާދަމް ޝަރީފު ޢުމަރު
- މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، ޑޮކްޓަރ ޢަލީ ޙައިދަރު އަޙްމަދު
މި ބޭފުޅުން މަޤާމުން އިސްތިޢުފާ ދެއްވުމާ ގުޅިގެން، ވޭތުވެދިޔަ މުއްދަތުގައި އެ ބޭފުޅުން ދިވެހި ދައުލަތަށާއި ރައްޔިތުންނަށް ކޮށްދެއްވި އަގުހުރި ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ހުރިހާ ބޭފުޅުންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ.