Ads by Farudhun

ޚަބަރު

މިއަހަރު ޙައްޖުގެ އަޅުކަން އަދާކުރުމަށް ދާ ފަރާތްތަކުން ވެކްސިން ފުރިހަމަކުރުމަށް އިލްތިމާސްކޮށްފި

މިއަހަރު ޙައްޖުގެ އަޅުކަން އަދާކުރުމަށް ދާ ފަރާތްތަކުން ވެކްސިން ފުރިހަމަކުރުމަށް އިލްތިމާސްކޮށްފި

ޙައްޖަށް ދިޔަ ދިވެހީންތަކެއް--

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

15 އޭޕްރީލު 2026، 11:53

15 އޭޕްރީލު 2026، 11:53

މިއަހަރު ޙައްޖުގެ އަޅުކަން އަދާކުރުމަށް ދާ ފަރާތްތަކުން ވެކްސިން ފުރިހަމަކުރުމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން އިލްތިމާސްކޮށްފި އެވެ.

ޙައްޖަށް ދާ މީހުން ކޮންމެހެން ވެސް ޖަހަންޖެހޭ ވެކްސިންތަކަކީ މެނިންގޯކޯކަލް ކޮންޖުގޭޓް ވެކްސިން، އިންފްލުއެންޒާ، އަދި އޯރަލް ޕޯލިއޯ ވެކްސިނެވެ. 

ޙައްޖު ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝަކީލް ވަނީ، ވެކްސިން ފުރިހަމަ ނުކުރާ ފަރާތްތަކަށް ޙައްޖާއި ޢުމްރާއަށް ދިޔުމުގެ ފުރުޞަތު ސަޢުދީ ސަރުކާރުން މިހާރު ނުދޭކަން ފާހަގަކުރައްވާފައެވެ. ނަމަވެސް، އަދިވެސް ބައެއް ފަރާތްތަކުން ވެކްސިން ފުރިހަމަ ނުކުރާކަމުގެ ކަންބޮޑުވުން ފާޅުކުރައްވަމުން ޝަކީލް ވިދާޅުވީ، މިހާތަނަށް 60 އެއްހާ މީހުން ވެކްސިން ފުރިހަމަ ނުކުރާކަމަށެވެ. އެހެންކަމުން، ވީ އެންމެ އަވަހަށް ވެކްސިން ފުރިހަމަ ކުރުމަށް ޝަކީލް އިލްތިމާސްކުރެއްވިއެވެ.

ރާއްޖެއިން މިއަހަރު ޙައްޖަށް ދާ ފުރަތަމަ ގްރޫޕް އަންނަ މެއި މަހުގެ 15 ވަނަ ދުވަހު ފުރުމަށް ހަމަޖެހިފައިވާއިރު، ހަތަރު ފްލައިޓެއްގައި ޙައްޖަށް މީހުން ގެންދާނެކަން ފާހަގަކޮށްލެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450