Ads by Farudhun

ޚަބަރު

ގުޅީފަޅުގެ ފެނާއި ނަރުދަމާގެ މަސައްކަތާއި މަގު ހެދުމުގެ މަސައްކަތް ލަސްތަކެއް ނުވެ ފެށޭނެ: ވަޒީރު މުއްޠަލިބް

ގުޅީފަޅުގެ ފެނާއި ނަރުދަމާގެ މަސައްކަތާއި މަގު ހެދުމުގެ މަސައްކަތް ލަސްތަކެއް ނުވެ ފެށޭނެ: ވަޒީރު މުއްޠަލިބް

ވަޒީރު މުއްޠަލިބު/ފޮޓޯ: މަޖިލިސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

15 އޭޕްރީލު 2026، 12:26

15 އޭޕްރީލު 2026، 12:26

ގުޅީފަޅުގެ ފެނާއި ނަރުދަމާގެ މަސައްކަތާއި މަގު ހެދުމުގެ މަސައްކަތް ލަސްތަކެއް ނުވެ ފެށޭނެކަމަށް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ވުޒާރާގެ  ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

ވަޒީރު މުއްޠަލިބް މިފަދައިން ވިދާޅުވީ، މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ވަޒީރު ވިދާޅުވީ،  ގުޅީފަޅުގައި ފެނާއި ނަރުދަމާ އަދި މަގު ހެދުމަށް ސޮއިކުރީ އީޕީސީ ޕްލަސް ފައިނޭންސް ކޮންޓްރެކްޓެއްގައި ކަމަށެވެ. އަދި އެއީ ކޮންޓްރެކްޓާއެކު ސޮއިކުރުމުން ފައިނޭންސް ހަމަޖެހިގެން އައުމުން އެ ކޮންޓްރެކް އެކްޓިވްވެގެން މަސައްކަތް ފެށިގެންދާނެ ގޮތަށް އޮތް ކޮންޓްރެކްޓެއް ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް، ރާއްޖޭގެ މާލީ ހާލަތު އޮތް ގޮތުން ކޮންޓްރެކްޓަރަށް ފައިނޭންސް ހަމަޖައްސައި ނުދެވިގެން ލަސްވެފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

އާރްޑީސީއަށް ވަރަށް ގިނަ ވެހިކަލްތައް ވެސް ގެނެސްފި. އެހެންވީމަ އާރްޑީސީ މެދުވެރިކޮށް ގުޅީފަޅުގެ ފެނާއި ނަރުދަމާ އާއި މަގު ހެދުމުގެ މަސައްކަރް ކުރިއަށް ގެންދާނަން.

ވަޒީރު މުއްޠަލިބް ވިދާޅުވިއެވެ.

މީގެ އިތުރުން، ސަރުކާރުގެ ވިސްނުމަކީ ފައިނޭންސް ނުލިބުނު ކަމުގައި ވިޔަސް، ސަރުކާރުން ބަޖެޓް ތެރެއިން އެ މަސައްކަތް ކުރިއަށް ގެންދިއުންކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، އިރާދަކުރެއްވިއްޔާ އެ މަސައްކަތް މާ ލަސްތަކެއްނުވެ ފެށިގެންދާނެ ކަމަށެވެ. ހަމަ އެއާއެކު، ގުޅީފަޅުން 2438 ގޯތި ދިނުމަށް ސަރުކާރުން ނިންމާފައިވާއިރު، އޭގެ ތެރޭގައި، ގިރާވަރު ފަޅުން ގުޅިފަޅަށް ބަދަލުކުރި ގޯތިތައް ހިމެނެއެވެ.

ގުޅީ ފަޅުގައި މި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢާއެކު، މާލޭ ސަރަޙައްދުގެ ބޯހިޔާވަހިކަމަށް ކޮންމެވެސް ވަރެއްގެ ޙައްލެއް ލިބިގެންދާނެއެވެ. އެއީ ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭންގައި ދިރިއުޅުމަށް ދޫކުރާ ގޯއްޗާއި ސޯޝަލް ހައުސިންގ އަށް ބޮޑު ސަރަޙައްދެއް ކަނޑައަޅާފައި ވުމުންނެވެ. މީގެ އިތުރުން، އައު ލޭންޑް ޔޫސް ޕްލޭންގައި، ގުޅީފަޅުގައި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާނެ ތަޢުލީމީ ޚިދުމަތާއި، ޞިއްޙީ ޚިދުމަތުގެ އިތުރުން އިންޑަސްޓްރިއަލް މަސައްކަތަށާއި، ސިޓީ ހޮޓާ ތަރައްޤީކުރުމަށް ވަކި ސަރަޙައްދުތައް ކަނޑައެޅިފައިވެއެވެ.

އަދި ގުޅިފަޅުގައި ދިރިއުޅޭ ފަރާތްތަކަށް ހިތްފަސޭހަ ދިރިއުޅުމެއް ހޯދައިދިނުމުގެ ބޭނުމުގައި ހިތްގައިމު ޕާކުތަކާއި، ކުޅިވަރުކުޅޭ ސަރަޙައްދުތައް ތަރައްޤީކުރުމަށް ޕްލޭންގައި ކަނޑައެޅިފައިވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450