Ads by Farudhun

ޚަބަރު

މިދިޔަ ހޯމަ ދުވަހު މަސްކިރުވި ދޯނިތަކަށް 1.9 މިލިއަން ރުފިޔާ ދޫކޮށްފި

މިދިޔަ ހޯމަ ދުވަހު މަސްކިރުވި ދޯނިތަކަށް 1.9 މިލިއަން ރުފިޔާ ދޫކޮށްފި

މަސްބާނަނީ/ފޮޓޯ: މަސްވެރިން

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

15 އޭޕްރީލު 2026، 02:59

15 އޭޕްރީލު 2026، 02:59

މިދިޔަ ހޯމަ ދުވަހު މަސްކިރުވި ދޯނިތަކަށް ދޫކުރި ފައިސާގެ ޢަދަދު 1.9 މިލިއަނަށް އަރާކަމަށް ސަރުކާރުގެ މަސް ކުންފުނި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ތަފާސްހިސާބުތަކުން ދައްކައިިފ އެވެ.  

މިފްކޯގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިމަހުގެ 13 ވަނަ ދުވަހު އެ ކުންފުނިން ކިރުވި މަހަށް މިއަދު ވަނީ ފައިސާ ދައްކާފައެވެ. އެގޮތުން، އެ ދޯނިތަކަށް މިފްކޯ އިން ވަނީ 1،924،463 ރުފިޔާ ދޫކޮށްފަ އެވެ. 

އެ ކުންފުނީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ ހޯމަ ދުވަހު އެ ކުންފުންޏަށް ކަޅުބިލަމަސް ކިރުވި 28 ދޯންޏަކަށް 1،923،588 ރުފިޔާ ވަނީ ދޫކޮށްފައެވެ. ހަމަ އެއާއެކު، 10 ކިލޯއިން މަތީގެ ބޮޑުކަންނެލި މި ތާރީޚުގައި ކިރުވާފައި ނުވާކަން މިފްކޯގެ ތަފާސްހިސާބުތަކުން ދައްކައެވެ. މީގެ އިތުރުން، 15 ކިލޯއިން މަތީގެ ބޮޑުކަންނެލި ކިރުވި 2 ދޯންޏަކަށް އެ ކުންފުނިން ވަނީ 875 ރުފިޔާ ދޫކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮށް، މަސްވެރިން ކިރުވާ މަހަށް މިހާރު 48 ގަޑިއިރުގެ ތެރޭގައި އަންނަނީ ފައިސާ ދޫކުރަމުންނެވެ. މިކަމާއި ގުޅިގެން މަސްވެރިކަމަށް ނިކުންނަ ދޯނިތަކުގެ އަދަދު އިތުރުވެފައިވާކަމަށް މިފްކޯ އިން މަޢޫލޫމާތު ދެއްވައެވެ. މީގެ އިތުރުން، މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވީ، މަސްވެރިންނަށް ޤަވާއިދުން ފައިސާ ދޭން ފެށުމުގެ ސަބަބުން ދޯނިތަކުން ފޭބި ޒުވާން މަސްވެރިން އަނބުރާ ދޯނިތަކަށް އަންނަން ފަށާފައިވާ ކަމަށެވެ.  
 
ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި، ސަރުކާރުން ދަނީ މިފްކޯގެ ހިންގުމަށް ބަދަލުގެނެސް، މިފްކޯއަކީ ފައިދާވާ ދެމެހެއްޓެނިވި ވިޔަފާރިއަކަށް ބަދަލުކުރުމަށް މަސައްކަތް ކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450