Ads by Farudhun

ޚަބަރު

ފުލުހުންގެ ބަންދުގައި ހުއްޓާ ނިޔާވި މީހާގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމައިފި

ފުލުހުންގެ ބަންދުގައި ހުއްޓާ ނިޔާވި މީހާގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމައިފި

ޝަހީދު ހުސެއިން އާދަމް ބިލްޑިންގ--

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

16 އޭޕްރީލު 2026، 11:12

16 އޭޕްރީލު 2026، 11:12

ފުލުހުންގެ ބަންދުގައި ހުއްޓާ ނިޔާވި މީހާގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމައިފި އެވެ.

ދިެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އެމީހާއަކީ ބަންދުގައި ހުއްޓާ ނިޔާވި މީހަކަށް ވުމާއެކު، ނިޔާވި ސަބަބު ދެނެގަތުމަށްޓަކައި އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފައިވާ ކަމަށެވެ.

މާލެ ކަސްޓޯޑިއަލް ގައި ފުލުހުންގެ ބަންދުގައި ހުރި މީހަކު ބަންދު ގޮޅީގައި ވެއްޓިފައިއޮއްވާ ފެނިގެން 2026 އޭޕްރީލް 15 ދުވަހުގެ ހަވީރުގެ ވަގުތެއްގައި އައިޖީއެމް ހޮސްޕިޓަލް އަށް ގެންގޮސްފައިވާ ކަމަށާއި، އެ މީހާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވާކަން ފުލުހުން ވަނީ އިއްޔެ ހާމަކޮށްފައެވެ. ޖަލުގައި ބަންދުކޮށްފައި ހުއްޓާ ނިޔާވެފައިވަނީ މ. ރޭއަލިވާގެއާގެ، އުމުރުން 41 އަހަރުގެ އަޙްމަދު ނަވްޝާދުއެވެ.

މި ހާދިސާގެ މަޢުލޫމާތު ހިއުމަށް ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަދި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނަށް ހިއްސާކޮށްފައިވާއިރު، މި މައްސަލަ ގެންދަނީ އިތުރަށް ތަޙުޤީގު ކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450