ޚަބަރު
ސްޓެލްކޯއަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްދެއްވި 2 ބޭފުޅަކު ޝަރަފްވެރިކަމާއެކު ރިޓަޔަރކުރައްވައިފި
ރިޓަޔަރކުރެއްވި ދެ ބޭފުޅުން/ފޮޓޯ: ސްޓެލްކޯ
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، ސްޓެލްކޯއަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްދެއްވި 2 ބޭފުޅަކު ޝަރަފްވެރިކަމާއެކު ރިޓަޔަރކުރައްވައިފިއެވެ.
ސްޓެލްކޯއިން ވިދާޅުވީ، ގިނަ ދުވަސްތަކެއް ވަންދެން އިޚުލާސްތެރިކަމާއިއެކު އެ ކުންފުންޏަށް ޚިދުމަތްކޮށްދެއްވި ބައެއް ބޭފުޅުން ޝަރަފްވެރިކަމާއެކު ރިޓަޔަރކުރެއްވުމާއި ގުޅިގެން އެ ބޭފުޅުންގެ އަގުވަޒަންކުރުމުގެ ގޮތުން މިއަދު ޚާއްޞަ ޙަފްލާއެއް ބާއްވާފައިވާ ކަމަށެވެ.

މިއަދު ޝަރަފްވެރިކަމާއައެކު ޚިދުމަތުން ރިޓަޔަރ ކުރެއްވި ބޭފުޅުންނަކީ:
- ސީނިއަރ ސަރވިސް އިންޖިނިއަރ އަލްފާޟިލް އަޙްމަދު ޔޫސުފް މަނިކު: ޚިދުމަތުގައި 46 އަހަރާއި 10 މަސް
- އެސިސްޓަންޓް ސަރވިސް އިންޖިނިއަރ އަލްފާޟިލް އަޙްމަދު ޙުސައިން: ޚިދުމަތުގައި 34 އަހަރާއި 10 މަސް

ސްޓެލްކޯ އިން ގެންދަނީ އަބަދުވެސް، އެ ކުންފުނީގައި މަސައްކަތް ކުރައްވާ ބޭފުޅުން އަގުވަޒަންކޮށް، ކުންފުނީގެ ހިންގުން ހަރުދަނާކުރެއްވުމަށް މަސައްކަތް ކުރައްވަމުންނެވެ.