Ads by Farudhun

ޚަބަރު

އަމާން އުދަރެސް ފްލެޓު ސަރަޙައްދުގައި ބިނާކުރާ މިސްކިތުގެ %75 މަސައްކަތް ނިންމާލައިފި

އަމާން އުދަރެސް ފްލެޓު ސަރަޙައްދުގައި ބިނާކުރާ މިސްކިތުގެ %75 މަސައްކަތް ނިންމާލައިފި

މަޝްރޫޢުގެ އަދާހަމަ/ފޮޓޯ: ވުޒާރާ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

16 އޭޕްރީލު 2026، 03:11

16 އޭޕްރީލު 2026، 03:11

ހުޅުމާލެ އަމާން އުދަރެސް ފްލެޓު ސަރަޙައްދުގައި ބިނާކުރާ މިސްކިތުގެ %75 މަސައްކަތް މިހާރު ނިމިފައިވާކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހުޅުމާލެ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސް ފްލެޓު ސަރަޙައްދުގައި ބިނާކުރާ މިސްކިތުގެ 75 އިންސައްތަ މަސައްކަތް މިހާރު އެއްކޮށް ނިމިފައިވާ ކަމަށެވެ. ހަމަ އެހެންމެ، ޒަމާނީ ފެންވަރަށް ތަރައްޤީކުރާ މި މިސްކިތަކީ 1800 މީހުންގެ ޖާގައިގެ މިސްކިތެއް ކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. 

މިސްކިތްތައް އެޅުމާއި މަރާމާތުކޮށް، އިސްލާމްދީން ކުރިއެރުވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާއިރު، ނިމިދިޔަ އަހަރު 19.4 މިލިޔަން ރުފިޔާ، ރާއްޖޭގެ އެކި ރަށްރަށުގައި ހުރި މިސްކިތްތައް މަރާމާތު ކުރުމަށް ސަރުކާރުން ހޭދަކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ. ހަމަ އެއާއެކު، މިއަހަރުގެ ބަޖެޓުގައި 15 މިލިޔަން ރުފިޔާ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި މިސްކިތްތައް މަރާމާތު ކުރުމަށް ސަރުކާރުން ވަނީ ހަމަޖައްސަވާފައެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ އާބާދީ ހަލުވިކަމާއެކު އިތުރުވަމުން އަންނައިރު، އެ ސަރަޙައްދަށް ނަމާދުކުރާނެ ގިނަ މިސްކިތްތަކެއް ބޭނުންވާކަން ރައްޔިތުން އަންނަނީ ފާހަގަކުރަމުންނެވެ. އެހެންކަމުން، އެ ސަރަޙައްދުގައި މިސްކިތްތައް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނައިރު، މިހާރު ދެވަނަ ފިޔަވަހީގައި ދާއިމީ 3 މިސްކިތް ޤާއިމްކޮށްފައިވެއެވެ. ހަމަ އެއާއެކު، 2 ވަޤުތީ މިސްކިތް އެ ސަރަޙައްދުގައި ދަނީ ބޭނުންކުރަމުންނެވެ.

އަލަށް ބިނާކުރާ މި މިސްކިތަކީ ފިރިހެނުންނާއި އަންހެނުންނަށް ވެސް ނަމާދު ކުރެވޭ ގޮތަށް ބިނާކުރަމުންދާ ޖާގަ ތަނަވަސް މިސްކިތެއްކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450