Ads by Farudhun

ޚަބަރު

ރައްޔިތުން އެދޭ ގޮތަށް މަސައްކަތްކުރުމުގައި ދެމިތިބޭނެ ކަމަށް ޝުޖާޢު ވިދާޅުވެއްޖެ

ރައްޔިތުން އެދޭ ގޮތަށް މަސައްކަތްކުރުމުގައި ދެމިތިބޭނެ ކަމަށް ޝުޖާޢު ވިދާޅުވެއްޖެ

ފޮޓޯ: ކޮންގްރެސް ޕާޓީ ސޯޝަލް މީޑިއާ

farudhun logo

ފަރުދުން

17 އޭޕްރީލު 2026، 06:11

17 އޭޕްރީލު 2026، 06:11


ސަރުކާރު ހިންގާ ޕާޓީން އަބަދުވެސް މަސައްކަތް ކުރާނީ ރައްޔިތުން އެދޭ ގޮތަށް ކަމަށާއި، އިންތިޚާބުތަކަކީ ރައްޔިތުންގެ ޝުޢޫރުތައް ހާމަކޮށްދޭ މުހިންމު ވަސީލަތެއް ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ، ނިމިދިޔަ އިންތިޚާބުގައި ބާރަށު ދާއިރާއިން ހޯދި ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޚާއްޞަ ހަފުލާގައި ވާހަކަދައްކަވަމުންނެވެ. ގިނަ އަދަދެއްގެ އާންމުން ބައިވެރިވި މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝުޖާޢު ވަނީ، އިންތިޚާބުތަކުން ސިޔާސީ ފަރާތްތަކަށް ލިބޭ ފިލާވަޅުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ވެރިކަން ކުރާ ފަރާތްތަކުން އަބަދުވެސް ރައްޔިތުންގެ އަޑު އެހުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.

ރައްޔިތުންގެ ނިންމުންތަކާ ގުޅޭގޮތުން ޝުޖާޢު ވިދާޅުވީ، "އެންމެ ފުރަތަމަ ވެސް އަޅުގަނޑު ހަމަ ވަރަށް އިޚްލާސްތެރިކަމާއެކު ދަންނަވާލަން ބޭނުންވަނީ، އިންތިޚާބުތަކަކީ ރައްޔިތުން ވަރަށް ގިނަ ވާހަކަ ބުނެދޭ އިންތިޚާބުތަކެއް. ކޮންމެ އިންތިޚާބެއްގައި ވެސް ރައްޔިތުން އެބޭފުޅުންގެ ޝުޢޫރު، ވެރިކަން ކުރަން ތިއްބަވާ ބޭފުޅުންނަށާއި އަދި އިދިކޮޅުގައި ތިއްބަވާ ބޭފުޅުންނަށް ހާމަކޮށްދެއްވަމުން ގެންދަވާނެ. ނިމިދިޔަ އިންތިޚާބުން އަޅުގަނޑުމެންނަށް ފިލާވަޅުތަކެއް ވެސް ލިބިއްޖެ. ލިބިގެން ގޮސްފި. އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރާނީ ރައްޔިތުން އެދޭ ގޮތަށް،" ކަމަށެވެ.

މީގެ އިތުރުން، ސުޖާއު ވިދާޅުވީ ޕާޓީގެ ރައީސަކީ ރައްޔިތުންނާ ގާތުން، ރައްޔިތުންގެ އިހުސާސްތަކާއި ވިންދާ އެއްގޮތަށް ވެރިކަން ކުރައްވަމުން ގެންދަވާ ލީޑަރެކެވެ. މި ހަފުލާއަކީ އިންތިޚާބުގެ ކާމިޔާބީ ފާހަގަކުރުމުގެ އިތުރުން، ކުރިއަށް އޮތް ތަނުގައި ދާއިރާގެ ތަރައްޤީއަށް ކުރަންހުރި މަސައްކަތްތަކާ ގުޅޭގޮތުން ރައްޔިތުންނަށް ޔަޤީންކަން ދިނުމަށް ބޭއްވި ބައްދަލުވުމެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450