Ads by Farudhun

ޚަބަރު

ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކަށް 160 އަށްވުރެ ގިނަ ގޯތި ހަވާލުކޮށްފި

ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކަށް 160 އަށްވުރެ ގިނަ ގޯތި ހަވާލުކޮށްފި

ގުޅީފަޅުން ދޫކުރާ ގޯތި/ފޮޓޯ: ޕީއެސްއެމް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

19 އޭޕްރީލު 2026، 12:48

19 އޭޕްރީލު 2026، 12:48

ބިންވެރިޔާ ސްކީމްގެ ދަށުން، ގުޅީފަޅުން ދޫކުރާ ގޯތިތަކުގެ ބިންތައް ހަވާލުކުރުމުގެ މަސައްކަތުގެ ތެރެއިން 160 އަށްވުރެ ގިނަ ބިން ހަވާލުކޮށްފައިވާކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން މި މަސައްކަތް މިދިޔަ ސެޕްޓެމްބަރު މަހު ފަށާފައިވާއިރު، ގޯތިތަކުގެ އިން ވަކިކުރުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 3 ވަނަ ދުވަހެވެ.

ގޯތި ދޫކުރުމުގެ މަސައްކަތް އަލުން ފަށާފައި ވަނީ ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާއި ގުޅިގެން، ގޯތީގެ ޕްލޮޓް ކަނޑައެޅުމަށް އަލުން ގުރުއަތު ނަގާފައިވާތީއެވެ. ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ގޯތީގެ ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް އަލުން ފަށައިގެން ކުރިޔަށް ގެންގޮސްފައިވާއިރު، އެ މަސައްކަތުގެ ތެރެއިން މިހާތަނަށް ޖުމްލަ 2972 މީހުންނާއެކު އެއްބަސްވުމުގައި ސޮއިކޮށް، ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން މަޢުލޫމާތުދެއްވައެވެ. ހަމަ އެއާއެކު، ޖުމުލަ 169 މީހުންނާ ވަނީ ބިން ހަވާލުކޮށްފައެވެ.

ގުޅީ ފަޅުގައި މި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢާއެކު، މާލޭ ސަރަޙައްދުގެ ބޯހިޔާވަހިކަމަށް ކޮންމެވެސް ވަރެއްގެ ޙައްލެއް ލިބިގެންދާނެއެވެ. އެއީ ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭންގައި ދިރިއުޅުމަށް ދޫކުރާ ގޯއްޗާއި ސޯޝަލް ހައުސިންގ އަށް ބޮޑު ސަރަޙައްދެއް ކަނޑައަޅާފައި ވުމުންނެވެ. މީގެ އިތުރުން، އައު ލޭންޑް ޔޫސް ޕްލޭންގައި، ގުޅީފަޅުގައި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާނެ ތަޢުލީމީ ޚިދުމަތާއި، ޞިއްޙީ ޚިދުމަތުގެ އިތުރުން އިންޑަސްޓްރިއަލް މަސައްކަތަށާއި، ސިޓީ ހޮޓާ ތަރައްޤީކުރުމަށް ވަކި ސަރަޙައްދުތައް ކަނޑައެޅިފައިވެއެވެ.

އަދި ގުޅީފަޅުގައި ދިރިއުޅޭ ފަރާތްތަކަށް ހިތްފަސޭހަ ދިރިއުޅުމެއް ހޯދައިދިނުމުގެ ބޭނުމުގައި ހިތްގައިމު ޕާކުތަކާއި، ކުޅިވަރުކުޅޭ ސަރަހައްދުތައް ތަރައްޤީކުރުމަށް ޕްލޭންގައި ކަނޑައެޅިފައިވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450