Ads by Farudhun

ޚަބަރު

ފައްޔާޒު ރާއްޖޭގެ ވެރިކަމަށް ގެނައުމަށް ރައީސް ނަޝީދު ތާއީދު ކުރައްވައިފި

ފައްޔާޒު ރާއްޖޭގެ ވެރިކަމަށް ގެނައުމަށް ރައީސް ނަޝީދު ތާއީދު ކުރައްވައިފި

މިއަދު ރައީސް ނަޝީދާއި ފައްޔާޒް ކުރިއަށް ގެންދެވި ޕްރެސްގެ ތެރެއިން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

19 އޭޕްރީލު 2026، 07:34

19 އޭޕްރީލު 2026، 07:34

ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ހަމަޖައްސަވައި، ރާއްޖޭގެ ވެރިކަމަށް އޭނާ ގެނައުމަށް ތާއީދު ކުރައްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު އިއުލާނު ކުރައްވައިފިއެވެ.

ރައީސް ނަޝީދު މިކަން ހާމަކުރެއްވީ "ބޮޑު ބަދަލު" ނަމުގައި މިއަދު ފައްޔާޒް އިސްމާއީލާއެކު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އެމަނިކުފާނު ވިދާޅުވީ ދައުލަތުގެ އެންމެ އިސްވެރިއަކަށް ފައްޔާޒް ގެންނަން ތާއީދު ކުރައްވާ ކަމަށެވެ. "މި ބޮޑު ބަދަލުތައް ގެނައުމަށްޓަކައި އަޅުގަނޑު ތާއީދު ކުރަން ފައްޔާޒް އިސްމާއީލް އެއީ ސަރުކާރުގެ އެންމެ މަތީވެރިޔާގެ ގޮތުގައި ކުރިމަތިލުމަށް،" ނަޝީދު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ގައުމަށް ގެންނަން ފެންނަ މުހިންމު އިސްލާހީ ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވައި، އެ ވިސްނުންފުޅުތައް ހިއްސާ ކުރައްވާފައެވެ. ރައީސް ނަޝީދު ވިދާޅުވީ ފުރަތަމަ ކަމަކަށް މި ބަދަލުތަކަށް އެމްޑީޕީގެ ތާއީދު ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި، އެކަމަށް މަގުފަހި ކުރުމަށްޓަކައި އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލެއްވުމަށް ގަސްދުކުރައްވާ ކަމަށެވެ.

އެކަން އަޅުގަނޑު މިކުރަނީ [އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިމިލަނީ] މި ބަދަލުތައް އަޅުގަނޑުމެން ހޯދުމަށް. އަޅުގަނޑު ދެކޭ ގޮތުގައި މި ބަދަލުތައް މިހާރު ބޭނުން. އެއީކީއެއް 2028 ވަނަ އަހަރުގެ ފަހުން އަޅުގަނޑުމެން ހޯދާންވީ ބަދަލެއް ނޫން

ރައީސް ނަޝީދު އިތުރަށް ވިދާޅުވިއެވެ.

މީގެ އިތުރުން، އެ ބަދަލުތައް ގެނައުމަށް މަސައްކަތް ކުރުމަށް މިހާރުގެ ސަރުކާރަށް ދައުވަތު ދެއްވައި، މަޝްވަރާގެ މޭޒަށް ވަޑައިގަތުމަށް ވެސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ. އަދި މި އިސްލާހީ ބަދަލުތައް ހޯދުމަށްޓަކައި ސީދާ ހަރަކާތަށް ނުކުމެ، ސުލްހަވެރި ސިޔާސީ ހިނގާލުންތަކާއި އެއްވުންތައް ބާއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި މަސައްކަތުގެ ތެރެއިން ރާއްޖޭގެ ހުރިހާ ރަށްރަށަށް ދަތުރުކޮށް، ރައްޔިތުންގެ ތާއީދު ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ރައީސް ނަޝީދު މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ވިދާޅުވެފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450