Ads by Farudhun

ޚަބަރު

އާބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރު ވަގުތީގޮތުން ބަންދުކޮށްފި

އާބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރު ވަގުތީގޮތުން ބަންދުކޮށްފި

އާބްން ޕްރައިމަރީ ހެލްތް ކެއަރ ސެންޓަރ. ފޮޓޯ:އެމްއެމް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

20 އޭޕްރީލު 2026، 05:13

20 އޭޕްރީލު 2026، 05:13

މާލޭގައި ހިންގަމުން އަންނަ އާބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރު މަރާމާތު ކުރުމަށްޓަކައި މިއަދުން ފެށިގެން ވަގުތީގޮތުން ބަންދުކޮށްފިއެވެ.

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ސޯޝަލް މީޑިއާގައި މިއަދު އާންމުކުރި މައުލޫމާތުގައިވާ ގޮތުން، އެ ސެންޓަރު މަރާމާތަށް ބަންދުކޮށްފައިވަނީ މިއަދުން ފެށިގެން މި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި މުއްދަތުގެ ތެރޭގައި އާބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރުން ދެމުންދިޔަ ޚިދުމަތްތަކަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށް އައިޖީއެމްއެޗުން ވިދާޅުވިއެވެ. އެގޮތުން، އެ ސެންޓަރުން ދެމުންދިޔަ ޑޮކްޓަރަށް ދެއްކުމުގެ ޚިދުމަތް މިހާރު ވަނީ އައިޖީއެމްއެޗްގެ ޖީއޯޕީޑީ (GOPD) އަށް ބަދަލުކޮށްފައެވެ.

މީގެ އިތުރުން، ވެކްސިން ޖެހުމުގެ ޚިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކަށް ދަމަނަވެށިން އެ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށްވެސް ހޮސްޕިޓަލުން މައުލޫމާތު ދެއްވައެވެ.

މަރާމާތުގެ މަސައްކަތް ނިމުމުން، އާބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރުގެ ޚިދުމަތްތައް އަލުން ކުރިއެކޭ އެއްގޮތަށް އެ ސެންޓަރުން ލިބެން ފަށާނެ ކަމަށް ބެލެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450