Ads by Farudhun

ޚަބަރު

މަރާމާތުކޮށް އާބާތުރަފިލުވައި ސުނާމީ ބިނާ އަލުން ހުޅުވައިފި

މަރާމާތުކޮށް އާބާތުރަފިލުވައި ސުނާމީ ބިނާ އަލުން ހުޅުވައިފި

ސުނާމީ ބިނާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

20 އޭޕްރީލު 2026، 07:07

20 އޭޕްރީލު 2026، 07:07

ރާއްޖޭގެ ތާރީޚުގައި ހިނގައިދިޔަ ހިތާމަވެރި ސުނާމީ ކާރިސާގެ ހަނދާނުގައި ބިނާކޮށްފައިވާ "ސުނާމީ ބިނާ މައިޒާން" މަރާމާތަށްފަހު މިއަދު އަލުން އާންމުންނަށް ހުޅުވާލައިފިއެވެ.

މި ސަރަހައްދު ވިރާނާވެފައި ވަނިކޮށް، ބޮޑެތި ބަދަލުތަކަކާއެކު މަރާމާތުކޮށް ތަރައްޤީކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފަށާފައިވަނީ މިއަހަރުގެ ފެބުރުވަރީ މަހުގެ ތެރޭގައެވެ.

އެމްޓީސީސީން މިއަދު މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ސުނާމީ ބިނާ މަރާމާތުކުރުމުގެ މަސައްކަތް ނިންމައި މިހާރު އާންމުންނަށް ހުޅުވާލާފައިވާ ކަމަށެވެ. އެ ކުންފުނިން ހާމަކުރި ގޮތުގައި، މިހާރު އެ ސަރަހައްދަކީ އާއިލާތަކަށާއި، ކުޑަކުދިންނަށް އަދި ދޮށީ އުމުރުގެ މީހުންނަށް ހިތްފަސޭހަކަމާއެކު ވަގުތު ހޭދަކޮށްލެވޭނެ ފަދަ އަމާން މާހައުލެއްގެ ގޮތުގައި ވަނީ ތަރައްޤީކުރެވިފައެވެ.

އުމްރާނީ ގޮތުން ގެނެވުނު ބޮޑެތި ބަދަލުތައް
މި މަރާމާތުގެ ތެރެއިން އެ ސަރަހައްދުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މުހިންމު މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ. އެގޮތުން، ހުޅަނގު ފަރާތުގައި ޖަހާފައިވާ ޝީޓްޕައިލްތައް ހަލާކުވެ، ވެލިގަނޑު ދަމައިގަންނަ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން 75 މީޓަރުގެ ޝީޓްޕައިލް ޖަހައި އައުކޮށް، ކީވޯލް މަރާމާތުކޮށްފައިވެއެވެ. އަދި ރައްކާތެރިކަމުގެ ފެންސްވެސް ވަނީ ޖަހާފައެވެ.

މީގެ އިތުރުން، ސުނާމީ ބިނާ މޮނިއުމަންޓު ކުރިން ހުރި ތަން ނޫން އެހެން ތަނަކަށް ވަނީ ބަދަލުކޮށްފައެވެ. މައިޒާނުގެ ހިތްފަސޭހަކަން އިތުރުކުރުމަށްޓަކައި ވޯކްވޭތައް ހަދައި، އިށީނދެ ތިބުމަށް ހަދާފައިވާ ތަންތަން އިތުރުކުރުމުގެ އިތުރުން، ގިނަ އަދަދަކަށް ގަސްގަހާއި ރުއް ވަނީ އިންދާފައެވެ.

އެމްޓީސީސީން ބުނީ "މިފަދަ ތާރީޚީ އަދި އިޖުތިމާއީ މުހިންމު ބިނާއެއް މަރާމާތު ކުރުމުގެ މަސައްކަތުގައި ބައިވެރިވުމަކީ، އެ ކުންފުންޏަށް ލިބުނު ފަޚުރެއް" ކަމަށެވެ. މި މައިޒާން އަލުން ހުޅުވުމާއެކު، މާލޭގެ ހުޅަނގު ފަރާތުގައި އާންމުންނަށް ހިތްފަސޭހަ މާހައުލެއްގައި ވަގުތު ހޭދަކުރުމުގެ ފުރުސަތު އަލުން ވަނީ ފަހިވެފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450