Ads by Farudhun

ޚަބަރު

ފުވައްމުލަކު ސިޓީގައި ޤާއިމްކުރާ ފުލުހުންގެ އެކޮމޮޑޭޝަން ބްލޮކުގެ މަސައްކަތް ބާރު ސްޕީޑުގައި އެބަ ކުރިއަށްދޭ: އެމްޓީސީސީ

ފުވައްމުލަކު ސިޓީގައި ޤާއިމްކުރާ ފުލުހުންގެ އެކޮމޮޑޭޝަން ބްލޮކުގެ މަސައްކަތް ބާރު ސްޕީޑުގައި އެބަ ކުރިއަށްދޭ: އެމްޓީސީސީ

މަޝްރޫޢުގެ އަދާހަމަ/ފޮޓޯ: އެމްޓީސީސީ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

21 އޭޕްރީލު 2026، 02:31

21 އޭޕްރީލު 2026، 02:31

ފުވައްމުލަކު ސިޓީގައި ޤާއިމްކުރާ ފުލުހުންގެ އެކޮމޮޑޭޝަން ބްލޮކުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ އެކޮމޮޑޭޝަންގެ ބްލޮކްގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފުވައްމުލަކަަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 4 ވަނަ ދުވަހު ކުރެއްވި ޒިޔާރަތުގައެވެ.

އެމްޓީސީސީން ވިދާޅުވީ، މި އެކޮމޮޑޭޝަން ބްލޮކުގެ މަސައްކަތްތަކުގެ ދަށުން މިހާރު ކުރިއަށްދަނީ ފައުންޑޭޝަން ބީމް ޝަޓަރިން އާއި ރިއިންފޯސްމަންޓް ގެ މަސައްކަތްތައް ކަމަށެވެ. މި މަޝްރޫޢުގެ ދަށުން، ފުވައްމުލައް ސިޓީގައި ތައްޤީކުރާ އެކޮމަޑޭޝަން ބްލޮކަކީ 11،946 އަކަފޫޓުގެ ސަރަޙައްދެއްގައި 3 ފަންގިފިލާއަށް އިމާރާތްކުރާ ތަނެއްކަމަށް އެމްޓީސީސީން ވަނީ ވިދާޅުވެފައެވެ. އަދި އެއިން ކޮންމެ ފަންގިފިލާއެއްގައި 3982 އަކަފޫޓު ހުންނާނެކަމަށް އެމްޓީސީސީން މަޢުލޫމާތުދެއެވެ.

ފުލުހުންގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ގިނަ ފުލުހުންނަށް ތިބެވޭނެ ގޮތަށް ޒަމާނީ ވަޞީލަތްތައް ހިމެނޭހެން ފުލުހުންގެ އިމާރާތްތައް އެޅުމަކީ ސަރުކާރުގެ ބޮޑު އަމާޒެއްކަން ފާހަގަކޮށްލެވެއެވެ.

މި މަޝްރޫޢަކީ، 19.17 މިލިއަން ރުފިޔާއަށް 360 ދުވަސްތެރޭ ނިންމަން ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450