ޚަބަރު
މުދަލު ޒަކާތުގެ ނިޞާބަށް ބަދަލު ގެނެސްފި
ޒަކާތް ބަލައިގަތުން
މުދަލު ޒަކާތުގެ ނިޞާބަށް ބަދަލު ގެނެސް، ނިޞާބުގެ ގޮތުގައި ކަނޑައަޅާފައިވާ އަދަދަކީ 21,836.50 ރުފިޔާ ކަމަށް މޯލްޑިވްސް ޒަކާތު ހައުސް އިން މިއަދު އިއުލާނު ކޮށްފިއެވެ.
މޯލްޑިވްސް ޒަކާތު ހައުސް އިން ބުނި ގޮތުގައި މުދަލު ޒަކާތުގެ ނިޞާބަށް މި ގެނައި ބަދަލާއެކު، ކުރިން ކަނޑައަޅާފައި އޮތް އަދަދު ވަނީ އިތުރުވެފައެވެ. މިއީ ދުނިޔޭގެ ބާޒާރުގައި ރިހީގެ އަގަށް އަންނަ ބަދަލުތަކާ ގުޅިގެން ގެނައި ބަދަލެކެވެ.
ރާއްޖޭގައި މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެންނެވެ. އެގޮތުން، މިފަހަރު ނިޞާބު ކަނޑައަޅާފައިވަނީ ރިހީގެ ގްރާމެއްގެ އަގު 36.70 ރުފިޔާގެ ރޭޓުން ބަލައި، 595 ގްރާމް ރިއްސަށް ޖެހޭ މިންވަރަށެވެ. އެއީ ޖުމްލަ 21,836.50 ރުފިޔާއެވެ.
މުދަލު ޒަކާތަކީ އެމީހެއްގެ އަތުގައި ނިޞާބު ހަމަވާ މިންވަރަށް ފައިސާ ހުރެ، އެ ފައިސާ ހުރިތާ ހިޖުރީ ގޮތުން އެއް އަހަރު ފުރުމުން ނެރުން ވާޖިބުވާ އެއްޗެކެވެ. ރާއްޖޭގައި މުދަލު ޒަކާތުގެ ނިޞާބަށް ދޭތެރެ ދޭތެރެއިން ބަދަލު އަންނަނީ ބައިނަލްއަގުވާމީ ބާޒާރުގައި ރިހީގެ އަގަށް އަންނަ ބަދަލުތަކާ ގުޅިގެންނެވެ.