Ads by Farudhun

ޚަބަރު

މެދުއިރުމަތީގެ ވައިގެ ދަތުރުފަތުރުގެ މަގުތަކަށް ކުރިމަތިވެފައިވާ ހުރަސްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި

މެދުއިރުމަތީގެ ވައިގެ ދަތުރުފަތުރުގެ މަގުތަކަށް ކުރިމަތިވެފައިވާ ހުރަސްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި

މެދުއިރުމަތީގެ ވައިގެ ދަތުރުފަތުރުގެ މަގުތަކަށް ކުރިމަތިވެފައިވާ ހުރަސްތަކާ ގުޅޭގޮތުން މަޝްވަރާ ކުރުން. ފޮޓޯ: ވިޒިޓް މޯލްޑިވްސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

21 އޭޕްރީލު 2026، 08:36

21 އޭޕްރީލު 2026، 08:36

މެދުއިރުމަތީގެ ވައިގެ ދަތުރުފަތުރުގެ މަގުތަކަށް ކުރިމަތިވެފައިވާ ހުރަސްތަކާ ގުޅޭގޮތުން ފަތުރުވެރިކަމުގެ ދާއިރާގެ ހިއްސާދާރުން "މޯލްޑިވްސް ޓޫރިޒަމް އިންޓެލިޖެންސް ބްރީފިން" ގައި ފުޅާދާއިރާއެއްގައި މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުމަކީ މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ވައިގެ ދަތުރުފަތުރަށް ކުރިމަތިވާ ގޮންޖެހުންތަކާއި، އެކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރާނެ އަސަރުތައް ދެނެގަތުމަށް ބޭއްވި ބައްދަލުވުމެކެވެ.

ވިޒިޓް މޯލްޑިވްސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ބައްދަލުވުމުގައި ދުނިޔޭގެ ދަތުރުފަތުރުގެ ނިޒާމަށް އަންނަމުންދާ ބަދަލުތަކާއި، މެދުއިރުމަތީގެ މަގުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދަށް ކުރާނެ އަސަރުތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން ބުކިންތަކަށް އަންނަ ބަދަލުތަކާއި، ފްލައިޓް ރޫޓުތަކަށް އަންނަ ބަދަލުތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ވެސް މި ބައްދަލުވުމުގައި ވަނީ ހިއްސާކޮށްފައެވެ.

މި ބައްދަލުވުން ފައްޓަވައި ދެއްވަމުން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ބޯޑް އޮފް ޑައިރެކްޓަރުންގެ ޗެއަރޕާސަން ޢަބްދުﷲ ގިޔާސް ރިޔާޒު ވިދާޅުވީ، މިހާރު ކުރިމަތިވެފައިވާ ހާލަތަކީ ވަރަށް ނާޒުކު އަދި އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ހާލަތެއް ކަމަށެވެ. އަދި މިއީ ގޮންޖެހުން ބޮޑު ވަގުތެއް ނަމަވެސް، މިއީ އެންމެން ގުޅިގެން މަސައްކަތްކޮށް ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ވަރުގަދަ ކުރުމަށް ލިބޭ ފުރުސަތެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ދާއިރާގެ އެންމެހާ ފަރާތްތަކުގެ އެއްބާރުލުމާއި އިރުޝާދާއެކު މިހާލަތުން އަރައިގަނެ ފަތުރުވެރިކަން ކުރިއަށް ގެންދިއުން،" ޢަބްދުﷲ ގިޔާސް ރިޔާޒު ވިދާޅުވިއެވެ. އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި މި ދަނޑިވަޅުގައި ސަރުކާރާއި ދާއިރާގެ އިސް މަސްއޫލުވެރިން ގުޅިގެން އެކަށީގެންވާ ޙައްލުތަކެއް ހޯދުމަކީ މުހިންމު ކަމެކެވެ.

މި ބައްދަލުވުމުގައި ސަރުކާރުގެ އިދާރާތަކާއި އަމިއްލަ ކުންފުނިތައް ހިމެނޭހެން 100 އަށްވުރެ ގިނަ ފަރާތުން ބައިވެރިވިއެވެ. އޭގެ ތެރޭގައި ޕެސިފިކް އޭޝިއާ ޓްރެވެލް އެސޯސިއޭޝަން (ޕާޓާ) އާއި، މިނިސްޓްރީ އޮފް ޓޫރިޒަމް، ސިވިލް އޭވިއޭޝަން އޮތޯރިޓީ އަދި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ހިމެނެއެވެ.

މި ބްރީފިންގެ ތެރެއިން ދާއިރާގެ ފަންނީ ބޭފުޅުން ވަނީ މިހާރުގެ ހާލަތާ ގުޅޭ މުހިންމު ތަފާސްހިސާބުތަކާއި މައުލޫމާތުތައް ހިއްސާކޮށްފައެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމަށް ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށްޓަކައި ދުރާލާ ރޭވުންތައް ރޭވުމުގެ މަގުސަދުގައި ކުރިއަށްގެންދިޔަ މުހިންމު މަސައްކަތެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450