Ads by Farudhun

ޚަބަރު

ޖުޑިޝަލް ކައުންސިލްގެ ދަށުން ޝަރުޢީ ދާއިރާގެ އިދާރީ ކަންކަން ބެލެހެއްޓުމަކީ ފައިދާބޮޑުވާނެ ކަމެއް: ޙުސައިން ރިޟާ

ޖުޑިޝަލް ކައުންސިލްގެ ދަށުން ޝަރުޢީ ދާއިރާގެ އިދާރީ ކަންކަން ބެލެހެއްޓުމަކީ ފައިދާބޮޑުވާނެ ކަމެއް: ޙުސައިން ރިޟާ

ޖުޑީޝަލް ސާވިސް ކޮމިޝަންގެ ކުރީގެ ރައީސް އަދި މާފުށި ދާއިރާގެ މެންބަރު ޙުސައިން ރިޟާ އާދަމް---

farudhun logo

ފަރުދުން

22 އޭޕްރީލު 2026، 09:37

22 އޭޕްރީލު 2026، 09:37

ޖުޑިޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ)އަށްވުރެ ޖުޑިޝަލް ކައުންސިލެއްގެ ދަށުން ޝަރުޢީ ދާއިރާގެ އިދާރީ ކަންކަން ބެލެހެއްޓުމަކީ އެކަމުގައި އޮތް އެންމެ ފައިދާބޮޑު ގޮތްކަމަށް، ޖުޑީޝަލް ސާވިސް ކޮމިޝަންގެ ކުރީގެ ރައީސް އަދި މާފުށި ދާއިރާގެ މެންބަރު ޙުސައިން ރިޟާ އާދަމް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ޙުސައިން ރިޟާ ވިދާޅުވީ، ޝަރުޢީ ދާއިރާގެ އިދާރީ މަސައްކަތްތަކަކީވެސް، އެފަދަ އެހެންދާއިރާ ތަކުގެ އިދާރީ ކަންކަމާ ޚިލާފަށް ވަރަށް ތަފާތު މަސައްކަތްތަކެއް ކުރާ ދާއިރާއެއްކަމުން، އެ ދާއިރާއަށް ބޭނުންވާ ކަންތައްތައް ރަނގަޅަށް ކަނޑައެޅިގެންދާނީ ފަނޑިޔާރުންގެ ބައިވެރިވުން ހިމެނިގެންކަމަށެވެ.

ރިޟާ ވިދާޅުވީ، ޖޭއެސްސީގެ މެންބަރުންގެ ތެރޭގައި ގިނަވާނީ ޝަރުއީ ދާއިރާގެ މެންބަރުން ނޫންކަމަށާއި، އެހެންކަމުން ޝަރުޢީ ދާއިރާގެ ދަށަށް ޖުޑިޝަރީގެ އިދާރީ ކަންކަން ގެންދިއުމުގެ ފައިދާ އެ ދާއިރާއަށް ކުރާނެކަމަށެވެ.

ޝަރުޢީ ދާއިރާ ޖުޑީޝަލް ކައުންސިލްގެ ދަށަށް ގޮއްސިއްޔާ އެތަނުގަ ތިއްބަވާނީ ހުސް ޝަރުޢީ ދާއިރާގެ ބޭފުޅުން. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި އިސް ފަނޑިޔާރުންގެ އިތުރަށް އުއްތަމަ ފަނޑިޔާރުގެ އިތުރަށް އެކި ކޯޓުތަކުން ނެގޭ ފަނޑިޔާރުންނާއި، މެޖިސްޓެރޭޓްކޯތުތައް ތަމްސީލުކުރާ ފަނޑިޔާރުން ތިއްބެވީމަ އޭގެ ހެޔޮ ފައިދާ މާ ބޮޑުވާނެ.

ހުސައިން ރިޒާ އާދަމް ވިދާޅުވިއެވެ.

މި ކަންކަމަށް ބަލައި، ޖުޑީޝަލް ކައުންސިލް އުފައްދައި ޖުޑިޝަރީގެ އިދާރީ ކަންކަން އިންތިޒާމްކުރުމަށާއި، ސިޔާސަތުތައް ކަނޑައަޅާ ކޯޓުތައް ހަރުދަނާކުރުމުގެ ކަންކަން ޖުޑިޝަލް ކައުންސިލާއި ހަވާލުކޮށްފިނަމަ، ކަންކަން ރަނގަޅު ކުރުމަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް ޤަބޫލުފުޅުކުރައްވާ ކަމަށް ވަނީ ވިދާޅުވެފައެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން މިހާރު އެކުލެވިފައި އޮންނަ ގޮތުން ރައްޔިތުންގެ މަޖިލީހާއި ސަރުކާރު އޮންނަ ބަޔަކަށް އެކޮމިޝަނަށް ނުފޫޒު ފޯރުވުމުގެ ފުރުޞަތު އޮވެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހުށަހެޅުމަކީ އެ ނުފޫޒުން އެއްކިބާވުމަށް ޖުޑީޝަލް ކައުންސިލް އެކުލަވާލާ އުއްތަމަ ފަންޑިޔާރު ހިމެނޭހެން ޑީޖޭއޭ އަކީ އެކައުންސިލަށް ޖަވާބުދާރީވާނެ ތަނަކަށް ހެދުމެވެ. މި ބަދަލާއެކު ސަރުކާރުގެ އުއްމީދަކީ ޝަރުޢީ ދައިރާގެ މިނިވަންކަން ކަށަވަރުކުރުމެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450