Ads by Farudhun

ޚަބަރު

ރަސްމާލެ ހިއްކުމުގެ މަޝްރޫޢުގެ 50 އިންސައްތަ މަސައްކަތް ނިމިއްޖެ: ވަޒީރު މުއްޠަލިބް

ރަސްމާލެ ހިއްކުމުގެ މަޝްރޫޢުގެ 50 އިންސައްތަ މަސައްކަތް ނިމިއްޖެ: ވަޒީރު މުއްޠަލިބް

ވަޒީރު ޢަބްދުﷲ މުއްޠަލިބް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

23 އޭޕްރީލު 2026، 04:35

23 އޭޕްރީލު 2026، 04:35

ހުލާސާ


ރަސްމާލެ ހިއްކުމުގެ މަޝްރޫޢުގެ 50 އިން މަސައްކަތް ނިމިފައިވާ ކަމަށް  ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ. 

ވަޒީރު މިހެން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

ވަޒީރު ވިދާޅުވީ ރަސްމާލެ ހިއްކުމުގެ މަޝްރޫޢުގެ 50 އިންސައްތައަށް ވުރެ ބޮޑު ބައެއް މިހާރު ހިއްކިފައިވާ ކަމަށެވެ. އެއީ 504 ހެކްޓަރު ކަމަށާއި އެއީ ނިސްބަތުން ބަލާނަމަ ހުޅުމާލޭގެ ދެފޭސް އެއްކޮށްލީމަ ވާވަރު ކަމަށްވެސް ވަޒީރު މުއްޠަލުބް ވިދާޅުވިއެވެ.

ބާކީބައި ހިއްކުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ ކުރިއަށް އެބަދޭ ކުރިން ދެންނެވި ފަދައިން ޓައިމްލައިނަށް ކޮންމެވެސް ވަރެއްގެ ބަދަލެއް އައުން އެކަށީގެންވޭ، އަޅުގަނޑުމެން މިހަރު ހުޅުވާލައިފައިވާ އެޕްލިކޭޝަން ޕްރޮސެސް ނިމި ބިން ލިބޭ ފަރާތައް ހޮވާ ނިމެންވާއިރަށް އިރާދަކުރެއްވިއްޔާ ބިންތައް ހިއްކާނިމި އެފަރާތްތަކަށް ބިންތައް ހަވާކުރުމުގެ ކަންކަން ކުރިއަށްގެންދެވޭނެ  

ވަޒީރު ޢަބްދުﷲ މުއްޠަލިބް

ވަޒީރު މުއްޠަލިބް އިތުރަށް ވިދާޅުވީ ކަނޑުންނާއި ނުހިއްކާ ހުރި ތަންތަނުން ގޯތި ދޫނުކުރައްވާނެ ކަމަށެވެ. 

މީގެއިތުރުން ތިލަމާލެ ބްރިޖްގެ މަސައްކަތާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ ބްރިޖްގެ 72އިންސައްތަ މަސައްކަތް ނިމިފައިވާ ކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މިހާރު އެންމެ ބޮޑަށް ކުރިއަށްދަނީ ސެގްމަންޓުތައް ގުޅުވާލުން ކަމަށެވެ. 

ވަޒީރު ވިދާޅުވީ ދުނިޔޭގެ ބާޒާރުތަކަށް އައިސްފައިވާ ދަތިތަކާއި އެކު ކަނޑައަޅާފައިވާ ޓައިމްލައިނަށް މަޝްރޫޢުގެ މަސައްކަތް ނުނިމުނަސް ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވަނީ މަސައްކަތް ނުހުއްޓި ވީހާވެސް އަވަހަށް ނިންމާލުމަށް ކަމަށެވެ.

"މިވަގުތު އެއްވެސް ބައެއްގެ މަސްލަހަތެއް ނޫން ޕްރޮޖެކްޓް ހުއްޓުމަކީ، އެއްބައި ރޭވިފައިވާ ބްރިޖް ޕްރޮޖެކްޓަކީ ބްރިޖެއް ނެތްފަދަ ކަމެއް، އެހެންކަމުން ބްރިޖް ވީހާވެސް އަވަހަކަށް ނިންމުމަށް ކޮންޓްރެކްޓަރަށް ވެދެވެން އޮތް އެހީތެރިކަމެއް ވެދީގެން ސަރުކާރުން އެންމެ ބޮޑަށް ވިސްނަމުންދާ ކަންތައް" ވަޒީރު މުއްޠަލިބު ވިދާޅުވިއެވެ. 

ބްރިޖްގެ މަސައްކަތް ނުހުއްޓި ކުރިއަށް ގެންދިއުމަށްޓަކައި ކޮންޓްރެކްޓަރަށް އިތުރު ޕެނަލްޓީއެއް ނާންނަގޮތައް މުއްދަތު އިތުރުކުރުމަށް ވާހަކަތައް ދަނީ ދެކެވެމުން ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިހާރު ލަފާކުރައްވަނީ 2027 ވަނަ އަހަރަށް ބްރިޖްގެ މަސައްކަތް ނިންމާ ހުޅުވާލެވޭނެ ކަމަށެވެ. މީގެއިތުރުން ކޮންޓްރެކްޓަރަށް ފިޔަވަޅު އަޅާ ބަދަލުކުރަން ޖެހިއްޖެ ނަމަ ދައުލަތަށް ބޮޑު ގެއްލުމެއް ލިބިގެން ދާނެ ކަމަށާއި ރައްޔިތުންނަށްވެސް ބްރިޖް ބޭނުން ކުރެވެން ފެށުން ލަސްވެގެން ދާނެކަމަށް ވަޒީރު މުއްޠަލިބް ވިދާޅުވިއެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450