Ads by Farudhun

ޚަބަރު

ޑެޕިޔުޓީ އިމިގްޜޭޝަން ކޮމިޝަނަރ އަޝްފާން ޒުވާނުންނާ ބެހޭ ވުޒާރާގެ ނައިބަކަށް

ޑެޕިޔުޓީ އިމިގްޜޭޝަން ކޮމިޝަނަރ އަޝްފާން ޒުވާނުންނާ ބެހޭ ވުޒާރާގެ ނައިބަކަށް

އަހުމަދު އަޝްފާން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

23 އޭޕްރީލު 2026، 05:27

23 އޭޕްރީލު 2026، 05:27

މޯލްޑިވްސް އިމިގްރޭޝަންގެ ޑެޕިއުޓީ ކޮންޓްރޯލަރުގެ މަގާމުގައި ހުންނެވި އަހުމަދު އަޝްފާން، ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށް ބަދަލުކޮށްފިއެވެ.

އަޝްފާން އިމިގްރޭޝަންގެ ޑެޕިއުޓީ ކޮންޓްރޯލަރުގެ މަގާމަށް އައްޔަން ކުރެއްވީ މިއަހަރުގެ އޭޕްރިލް މަހުގެ 4 ވަނަ ދުވަހުއެވެ. އޭނާ ވަނީ ގާތްގަނޑަކަށް 19 އަހަރު ވަންދެން އިމިގްރޭޝަންގެ ދާއިރާގައި ހިދުމަތް ކުރައްވާފައެވެ.

އަޝްފާން އެހެން މަގާމަކަށް ބަދަލުވުމާ ގުޅިގެން، މޯލްޑިވްސް އިމިގްރޭޝަނުން ވަނީ އޭނާ އެ މުއައްސަސާއަށް ކޮށްދެއްވި އަގުހުރި ހިދުމަތްތަކުގެ އަގު ވަޒަންކޮށްފައެވެ. އަދި އޭނާގެ ކުރިމަގަށް ކާމިޔާބީއަށް އެދޭކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ގެ ބޭބެ، އަޝްފާން އަކީ ކުރިން ރާއްޖޭގެ ބައެއް ކުލަބުތަކަށް ފުޓްބޯޅަ ކުޅެފައިވާ ކުޅުންތެރިއެއްވެސް މެއެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450