Ads by Farudhun

ޚަބަރު

ހޯމަ ދުވަހުން ފެށިގެން ކުރިއަށް 4 ދުވަސް ވިއްސާރަވާނެ ކަމަށް ލަފާކޮށްފި

ހޯމަ ދުވަހުން ފެށިގެން ކުރިއަށް 4 ދުވަސް ވިއްސާރަވާނެ ކަމަށް ލަފާކޮށްފި

ހޯމަދުވަހުން ފެށިގެން 4 ދުވަހަށް ވިއްސާރަކުރާނެ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

24 އޭޕްރީލު 2026، 06:47

24 އޭޕްރީލު 2026، 06:47

ހޯމަދުވަހުން ފެށިގެން ކުރިއަށްއޮތް ހަތަރު ދުވަހު ރާއްޖެއަށް ވުއްސާރަ ވާނެކަމަށް ލަފާކުރެވޭ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފިއެވެ. 

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނީ މިއަންނަ ހޯމަދުވަހުން ފެށިގެން ކުރިއަށް އޮތް ހަތަރު ދުވަހަށް ރާއްޖެއަށް ވިއްސާރަކުރާނެ ކަމަށެވެ. ވިއްސާރަ ކުރާނަމަ ވިއްސާރައިގެ ސަބަބުން ހޫނުމިން ކުޑަކޮށް ދަށްވާނެ ކަމަށްވެސް މެޓުން ވަނީ ބުނެފައެވެ.

މެޓް އޮފީހުން ބުނީ ހޯމަދުވަހުން ފެށިގެން ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވުނަސް، ކަނޑުތައް ގަދަނުވާނެ ކަމަށާއި ކަނޑުތައް ގަދަވެގެންދާނެ މިންވަރަށް ވައިވެސް ގަދަނުވާނެކަމަށެވެ. އަދި ވިލާގަނޑުގައި ވައިގަދަވިޔަސް އާންމު ގޮތެއްގައި ވައިގަދަ ނުވާނެ ކަމަށް ވަނީ ބުނެފައެވެ.

މިއަދު މެޓް އޮފީހުން އާންމުކުރި މައުލޫމާތަށް ބަލާއިރު، ހަނިމާދޫ ސަރަހައްދުގެ އިހުސާސްކުރެވޭ ފިނިހޫނު މިން ހުރީ 38.3 ޑިގްރީ ސެލްސިއަސްގައެވެ. ކައްދޫ ސަރަހައްދުގެ އިހުސާސްކުރެވޭ ފިނިހޫނުމިން ހުރީ 38.4 ޑިގްރީ ސެލްސިއަސްގައެވެ. އަދި ކާޑެއްދޫ ސަރަހައްދުގެ އިހުސާސްކުރެވޭ ފިނިހޫނުމިން 36 ޑިގްރީ ސެލްސިއަސްގައި ހުރި އިރު ސ. ގަމު ސަރަހައްދުގެ ފިނިހޫނު މިން ހުރީ 36.1 ޑިގްރީ ސެލްސިއަސްގައެވެ.

މިދުވަސްވަރު ފާހަގަކުރެވިފައިވަނީ ހޫނުގަދަ ދުވަސްވަރެއްގެ ގޮތުގައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450