Ads by Farudhun

ޚަބަރު

ޗައިނާގެ އެހީގައި މާލޭގައި 500 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް ފަށައިފި

ޗައިނާގެ އެހީގައި މާލޭގައި 500 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް ފަށައިފި

"މިނިޓްސް އޮފް ދަ މީޓިންގ"ގައި ސޮއިކުރުން---

farudhun logo

ފަރުދުން

25 އޭޕްރީލު 2026، 03:07

25 އޭޕްރީލު 2026، 03:07

ޗައިނާގެ އެހީގައި މާލެގައި 500 ހައުސިން ޔުނިޓު ތަރައްޤީ ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މިކަމާ ގުޅިގެން ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި ޗައިނާގެ ވެރިރަށް ބެއިޖިންގައި މި މަހުގެ 21 އިން 22 އަށް ކުރިއަށްގެންދިޔަ "ހައި ލެވެލް ކޮންފަރެންސް އޮން ގްލޯބަލް އެކްޝަން ފޯރ ޝެއަރޑް ޑިވެލޮޕްމަންޓް"ގެ ހަވާސާގެ ތެރެއިން މާލެ ސިޓީގައި ޗައިނާގެ އެހީތެރިކަމާއެކު 500 ސޯޝަލް ހައުސިން ޔުނިޓު ގާއިމުކުރުމަށްޓަކައި މަޝްވަރާކުރެވިފައި ވާކަމަށެވެ.

އަދި  އެ މަޝްވަރާތަކުގެ އަލީގައި މި މަޝްރޫޢު ކުރިއަށްގެންދިޔުމުގައި ދެ ޤައުމަށް އެއްބަސްވެވުނު ކަންތައްތަކުގެ "މިނިޓްސް އޮފް ދަ މީޓިންގ"ގައި ސޮއިކޮށްފައިވާކަމަށް ވެސް އެ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.

އެގޮތުން މި މަޝްރޫޢުގެ ފައިނޭންސް ހަމަޖެއްސުމަށް ޗައިނާއިން އެއްބަސްވެފައިވަނީ އިންޓްރެސްޓަކާއި ނުލައި ދޭ އެހީގެ ގޮތުގައިކަމަށް ވެސް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހާމަކުރެއެވެ.

މި މަޝްރޫޢުގެ ދަށުން ކުރެވުނު މަޝްވަރާތަކުގެ އަދި އެއްބަސްވެވުނު ކަންތައްތަކުގެ "މިނިޓްސް އޮފް ދަ މީޓިންގ"ގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ބިނާރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އިބްރާހީމް ޠޮއާމް މުޙައްމަދެވެ. އަދި ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޗައިނާ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އޭޖެންސީގެ ޗެއަރމަން ލިޔު ޖުންފެންގއެވެ.

ޗައިނާގެ އެހީގައި ރާއްޖޭގައި ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢުތަކާއި ގުޅިގެން އިތުރު ބައްދަލުވުމެއްވެސް ބާއްވާފައިވާކަމަށް ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. މިބައްދަލުވުމުގައި މިމަޝްރޫޢުތައް ޔަޤީންކަމާއެކު ކުރިއަށްގެންދިޔުމާއި ގުޅޭގޮތުން ދެފަރާތުންވެސް އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަންވަނީ ދެއްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450