Ads by Farudhun

ޚަބަރު

ސަރުކާރުގެ މިހާރުގެ ސިޔާސަތަކީ ކަރަންޓު އުފެއްދުމުގެ ޚަރަދު ކުޑަކުރުން: މާލީ ވުޒާރާ

ސަރުކާރުގެ މިހާރުގެ ސިޔާސަތަކީ ކަރަންޓު އުފެއްދުމުގެ ޚަރަދު ކުޑަކުރުން: މާލީ ވުޒާރާ

އއ.ފެރިދޫ އިންޖީނުގެ. ފޮޓޯ: ސްޓެލްކޯ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

26 އޭޕްރީލު 2026، 05:55

26 އޭޕްރީލު 2026، 05:55

ކަރަންޓް ޓެރިފް ރޭޓަށް މިވަގުތު އެއްވެސް ބަދަލެއް ގެނައުމުގެ ސިޔާސަތެއް ނެތް ކަމަށާއި، ސަރުކާރުގެ އަމާޒަކީ ކަރަންޓު ޔުނިޓެއް އުފެއްދުމަށް ކުރަންޖެހޭ ޚަރަދު ކުޑަކުރުން ކަމަށް މާލީ ވުޒާރާއިން ހާމަކޮށްފިއެވެ.

މިކަން ހާމަކުރެއްވީ އެ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ އަހުމަދު ސާޢިދު މުސްޠަފާ، ދައުލަތުގެ މީޑިއާގެ "ރާއްޖެމިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.

ޑެޕިއުޓީ މިނިސްޓަރު ސާޢިދު ވިދާޅުވީ، ޓެރިފް ރޭޓަށް އިތުރު ބަދަލެއް ގެނައުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް ކަމަށާއި، މިހާރު ރާއްޖޭގައި ކަނޑައަޅާފައިވާ ޓެރިފްތަކަކީ ބައިނައަލްޤްވާމީ މިންގަނޑުތަކަށް ބަލާއިރުވެސް ވަރަށް ކުޑަ މިންވަރެއް ކަމަށެވެ. އަދި ޓެރިފް ރޭޓަށް ގެންނަ ބަދަލެއްގެ ސަބަބުން ދައުލަތުން އެކަމުގެ ބޮޑު މާލީ ބުރައެއް އުފުލަން ޖެހިދާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ކަރަންޓު ބިލުތައް ބޮޑުވާން ދިމާވާ ބައެއް ސަބަބުތަކަށް އަލިއަޅުއްވާލައްވަމުން ސާޢިދު ވިދާޅުވީ، ގޭބީސީތަކުގައި އޭސީގެ އައުޓްޑޯ ޔުނިޓްތައް ވައިގޮޅި ފަދަ ތަންތަނުގައި ބެހެއްޓުމުގެ ސަބަބުން ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާ ކަމަށެވެ. "އަޅުގަނޑުމެންނަށް ޖެނެރޭޝަން ސައިޑުން މިކުރާ ކަމަށް ވޯކް ކުރެވިއްޖެނަމަ، ޒޓެރިފް ބޮޑ ކުރަންޖެހޭ ހާލަތެއް ނާންނާނެ ކަމަށްވެސް ސާާޢިދު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ޓެރިފް އިތުރަށް ބޮޑު ކުރަން ޖެހޭ ހާލަތެއް ނާންނާނެ،" ސާޢިދު ވިދާޅުވިއެވެ.

ރާއްޖޭގައި ކަރަންޓު އުފައްދަނީ ގެއްލުމުގައި ކަމަށްވާތީ، ސަރުކާރުން ދަނީ ކަރަންޓު ޚިދުމަތް ފޯރުކޮށްދޭ ފެނަކަ އަދި ސްޓެލްކޯގެ ހިންގުން ހަރުދަނާ ކުރުމަށް ބައެއް ބަދަލުތައް ގެންނަމުންނެވެ. އެގޮތުން ފެނަކަ ކުންފުނިން ބަލަހައްޓަންޖެހޭ ރަށްތައް މަދުކޮށް، މެދުރާއްޖެތެރޭގެ އަތޮޅުތަކުގެ އަސާސީ ޚިދުމަތްތައް ދިނުމަށް ސްޓެލްކޯއާއި ހަވާލުކުރަން ވަނީ ނިންމާފައެވެ.

މި ބަދަލުގެ ސަބަބުން ފެނަކައަށް އޮތް ބުރަ ކުޑަވެ، އުތުރާއި ދެކުނުގެ ރަށްތަކަށް ޚިދުމަތް ދިނުމަށް އިތުރު އިސްކަމެއް ދެވޭނެ ކަމަށް މާލީ ވުޒާރާއިން ވިދާޅުވެއެވެ. ސަރުކާރުގެ މިހާރުގެ އަމާޒަކީ އިޔާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމާއި، ރަށްރަށުގެ އިންޖީނުގެތަކުގައި ހުރި އިންޖީނުތައް ޚަރަދު ކުޑަ އިންޖީނުތަކަށް ބަދަލުކޮށްގެން ކަރަންޓު އުފެއްދުމަށް ކުރާ ހޭދަ ކުޑަކުރުމެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450