Ads by Farudhun

ޚަބަރު

ބޭނުން ބޭހެއް ހުރިތޯ އާއި އެ ބޭސް ހުރީ ކޮންތަނަކުކަން މިހާރު ބަލާ ލެވޭ

ބޭނުން ބޭހެއް ހުރިތޯ އާއި އެ ބޭސް ހުރީ ކޮންތަނަކުކަން މިހާރު ބަލާ ލެވޭ

އެސްޓީއޯ ބޭސްފިހާރައެއްގައި އެތަނުގެ މުވައްޒަފުން----

farudhun logo

ފަރުދުން

26 އޭޕްރީލު 2026، 10:03

26 އޭޕްރީލު 2026، 10:03

ބޭސް ހޯދުމުގައި އާންމުންނަށް ކުރިމަތިވަމުންދިޔަ ދަތިތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުންނާއި، ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބޭނުންވާ ބޭސް އެތެރެކުރުމުގެ މަސައްކަތް ހަރުދަނާކުރުމަށް ސަރުކާރުން އުފައްދާފައިވާ 'ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް' މެދުވެރިކޮށް އެ މީހަކު ބޭނުންވާ ބޭހެއް ހުރިތޯ އާއި އެ ބޭހެއް ހުރީ ކޮންތަނަކުކަން މިހާރު ބަލާލެވޭނެއެވެ.

އާންމުންނަށް ފަސޭހަކޮށް ޚިދުމަތް ހޯދޭނެ މަގުފަހިކުރުމުގެ ގޮތުން އެ ކޯޕަރޭޝަނުން ވަނީ 24 ގަޑިއިރު ޚިދުތްދޭނެ ހޮޓްލައިނެއް ވެސް ޤާއިމްކޮށްފައެވެ. އެ ކުންފުނިން ތަޢާރަފްކުރި ހޮޓްލައިން "1505"ގެ ޚިދުމަތް އަންނަނީ މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ފޯރުކޮށްދެމުންނެވެ. 

މި ހޮޓްލައިން މެދުވެރިކޮށް ވަކި ބޭހެއް ހުރިތޯ ބެލުމުގެ އިތުރުން ވަކި ބޭހެއް ހުރީ ކޮން ބޭސްފިހާރައެއްގައިކަން ބެލޭނެކަމަށް އެ ކޯޕަރޭޝަނުން ހާމަކުރެއެވެ. އަދި ވަކި ބޭސްފިހާރައެއްގައި ހުރި ބޭހެއް ރިޒާވްކުރުމާއި ރާއްޖޭގައި ނެތް ބޭސްތައް ގެނަސްދިނުމުގެ ޚިދުމަތް ވެސް އަންނަނީ ފޯރުކޮށްދެއެވެ.

ހޮޓްލައިންގެ އިތުރުން "އީ-ފާސް" މެދުވެރިކޮށް ވަދެވޭ ގޮތަށް "ސްޓޭޓްފާމާ ޕޯޓަލް" (https://portal.statepharma.mv) ވެސް ވަނީ ތަޢާރަފްކޮށްފައެވެ. މި ޕޯޓަލް މެދުވެރިކޮށް ބޭސް ހޯދުމަށް އެދުމުގެ ފުރުސަތު އޮންނާނެ ކަމަށާއި، އެދިފައިވާ ބޭހުގެ އެންމެ ފަހުގެ އަދާހަމަ (ސްޓޭޓަސް) ވެސް ބަލާލެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 2025/23 އިން އުފައްދަވާފައިވާ މި ކުންފުނީގެ މައިގަނޑު މަސްޢޫލިއްޔަތަކީ ރާއްޖޭގެ ހުރިހާ ހިސާބަކަށް ބޭސްފަރުވާއާއި ގުޅޭ ޚިދުމަތްތައް ދެމެހެއްޓެނެވި ގޮތެއްގައި ފޯރުކޮށްދިނުމެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭގެ ސިއްޙީ ނިޒާމު ޒަމާނީ ފެންވަރަށް ވިލަރެސްކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރެވޭ މުހިއްމު މަސައްކަތެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450