Ads by Farudhun

ޚަބަރު

ފާއިތުވި 6 މަސްދުވަހުގެ ތެރޭގައި ކުންފުނިތަކަށް 3.3 ބިލިއަން ރުފިޔާ ދައްކައިފިން : ރައީސް

ފާއިތުވި 6 މަސްދުވަހުގެ ތެރޭގައި ކުންފުނިތަކަށް 3.3 ބިލިއަން ރުފިޔާ ދައްކައިފިން : ރައީސް

ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު -- ރައީސް އޮފީސް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

27 އޭޕްރީލު 2026، 11:20

27 އޭޕްރީލު 2026، 11:20

ސަރުކާރުން ހަމައެކަނި ބޭރުގެ ދަރަނި ދެއްކުމަށް އިސްކަންދިނުމުގެ ބަދަލުގައި، ދިވެހި ކުންފުނިތަކަށް ދައްކަންޖެހޭ ދަރަނިތައް ދައްކާ ޚަލާޞްކުރުމަށް ބޮޑު އިސްކަމެއް ދެމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ރައީސް އޮފީހުގައި ކޮންމެ ހޯމަ ދުވަހަކު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވި ގޮތުގައި، ސަރުކާރުގެ އެކި މިނިސްޓްރީތަކާއި ކުންފުނިތައް މެދުވެރިކޮށް އެކި ފަރާތްތަކުން ކޮށްފައިވާ މަސައްކަތްތަކަށް ދޭންޖެހޭ ފައިސާ ދެއްކުމުގެ މަސައްކަތް މިހާރު ވަނީ ވަރަށް ބާރަށް ކުރިއަށް ގެންދަން ފަށާފައެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، 17 ނޮވެމްބަރު 2023 އިން ފެށިގެން މިދިޔަ އޭޕްރީލް މަހުގެ 26 ވަނަ ދުވަހާ ހަމައަށް، ފާއިތުވި ހަ މަސްދުވަހުގެ ތެރޭގައި އެކިއެކި ދިވެހި ފަރާތްތަކަށާއި ލޯކަލް ވެންޑަރުންނަށް ސަރުކާރުން ވަނީ ޖުމްލަ 3.3 ބިލިއަން ރުފިޔާ ދައްކާފައެވެ.

ދިވެހި މަސައްކަތްތެރިން ކޮށްފައިވާ މަސައްކަތްތަކަށް ފައިސާ ނުލިބި ހުރި ފަރާތްތަކަށް ފައިސާ ދެމުން، އަދި ދިވެހި ރައްޔިތުންގެ ބޮލުގައި އެޅިފައިވާ ދަރަނިން ރައްޔިތުން މިންޖު ކުރެވޭތޯ މި ބަލަނީ،

ރައީސް 

ރައީސް އިތުރަށް ހާމަކުރެއްވި ގޮތުގައި، ކޮންމެ ހަފްތާއަކު އެވްރެޖްކޮށް 700 އެއްހާ ކުންފުންޏަށް ނުވަތަ ވެންޑަރުންނަށް ސަރުކާރުން ފައިސާ ދޫކުރެއެވެ. އަދި މި މަހުގެ ބާކީ އޮތް ދުވަސްތަކުގެ ތެރޭގައި، ރާއްޖޭގެ އެކިއެކި މަސައްކަތްތައް ނަގައިގެން ކުރާ ފަރާތްތަކަށް ދޭންޖެހޭ 260 މިލިއަން ރުފިޔާގެ ބިލްތައް ދެއްކުމަށް މިހާރު ވަނީ ތައްޔާރުވެފައެވެ.

ވޭތުވެ ދިޔަ ސަރުކާރުން ފެނަކައިން ނަގާފައިވާ މުދަލަށް ފިހާރަތަކަށާއި، އަދި ބައެއް ކުންފުނިތަކަށް ދޭން ޖެހޭ ފައިސާ ސަރުކާރުން  އެ ސަރުކާރު ނިމިގެން ދިޔައިރު ވަނީ ނުދައްކައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450