Ads by Farudhun

ޚަބަރު

ނޫސްވެރިކަމަކީ މީހުންގެ އަބުރު ކަތިލައި ގައުމުގެ ހަމަޖެހުން ނަގާލާ ވިޔަފާރިއަކަށް ވެގެންނުވާނެ: މުއްތަލިބް

ނޫސްވެރިކަމަކީ މީހުންގެ އަބުރު ކަތިލައި ގައުމުގެ ހަމަޖެހުން ނަގާލާ ވިޔަފާރިއަކަށް ވެގެންނުވާނެ: މުއްތަލިބް

އަބދުލް މުއްތަލިބު-- ފޮޓޯ : ސަން އެމްވީ

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

28 އޭޕްރީލު 2026، 01:48

28 އޭޕްރީލު 2026، 01:48

ނޫސްވެރިކަމަކީ މީހުންގެ އަބުރު ކަތިލައި، އާއިލާތައް ރޫޅައި، ގައުމުގެ ހަމަޖެހުން ނަގާލައިގެން ބަޔަކު އާމްދަނީ ހޯދާ ވިޔަފާރިއަކަށް ވެގެން ނުވާނެ ކަމަށް ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.

ވަޒީރު މުއްތަލިބް މިހެން ވިދާޅުވީ، "އަދަދު" ނޫހުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަބުރު ކަތިލައި، އެމަނިކުފާނުގެ އަގުވައްޓާލުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި ނޫސްވެރިކަމުގެ ނަމުގައި ހިންގާ މިފަދަ ނުރައްކާތެރި އަމަލުތަކަށް ދައުލަތުގެ އެއްވެސް އިދާރާއަކުން ފުރުޞަތު ދީގެން ނުވާނެއެވެ.

މި މައްސަލަ ބޮޑުވެފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ އިސްތަށިފުޅުގައި ޒިނޭގެ ތުހުމަތު އަޅުވައި "އަދަދު" ނޫހުން ވީޑިއޯއެއް ތައްޔާރުކޮށް އާންމުކުރުމާ ގުޅިގެންނެވެ. މިކަމާ ގުޅިގެން ރާއްޖޭގެ ގިނަ ދީނީ އިލްމުވެރިންވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އިލްމުވެރިން ވިދާޅުވާ ގޮތުގައި މިއީ ހަމައެކަނި ސިޔާސީ ކަމެއްގެ ގޮތުގައި ބަލައި، މަޖަލަކަށް ހަދާފައި ދޫކޮށްލެވޭނެ ފަދަ ކަމެއް ނޫން ކަމަށާއި، މިއީ ދީނީ ގޮތުންނާއި ގާނޫނީ ގޮތުންވެސް އިންތިހާއަށް ސީރިއަސް މައްސަލައެކެވެ.

މި މައްސަލައިގެ ތަހުގީގު ފުލުހުން މިހާރު ވަނީ ފަށާފައެވެ. އެގޮތުން، ރޭގެ ވަގުތެއްގައި ފުލުހުން ވަނީ "އަދަދު" ނޫސް ހިންގާ އޮފީހަށް ވަދެ، އެތަން ބަލައި ފާސްކޮށްފައެވެ. ފުލުހުން ބުނެފައިވަނީ މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަބުރަށް އަރައިގަނެ، ހަގީގަތާ ހިލާފު ވާހަކަތައް ފަތުރަމުންދާ މި ދަނޑިވަޅުގައި، ސަރުކާރުގެ ވަޒީރުންނާއި އާންމުންގެ ގިނަ ބަޔަކު ދަނީ ނޫސްވެރިކަމުގެ އަހުލާގީ މިންގަނޑުތައް ހިފެހެއްޓުމަށް ގޮވާލަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450