Ads by Farudhun

ޚަބަރު

ހަގީގީ މިނިވަންކަން ދެމިއޮންނަނީ ގާނޫނާއި، ހަމަހަމަކަމާއި، އަދި ޒިންމާދާރުވުމުގެ ތެރެއިން: ނިހާން

ހަގީގީ މިނިވަންކަން ދެމިއޮންނަނީ ގާނޫނާއި، ހަމަހަމަކަމާއި، އަދި ޒިންމާދާރުވުމުގެ ތެރެއިން: ނިހާން

މުޙައްމަދު ނިހާން. ފޮޓޯ: ސަން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

28 އޭޕްރީލު 2026، 03:08

28 އޭޕްރީލު 2026، 03:08

ހަގީގީ މިނިވަންކަން ދެމިއޮންނަނީ ގާނޫނާއި، ހަމަހަމަކަމާއި، އަދި ޒިންމާދާރުވުމުގެ ތެރެއިން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޗީފް އޮފް ބިޔުރޯ އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.

ނިހާން މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ އަބުރަށް އަރައިގަނެ، 'އަދަދު' ނޫހުން ފަތުރާފައިވާ ވާހަކަތަކަކީ ނޫސްވެރިކަމުގެ މިނިވަންކަން ކަމަށް ބަޔަކު ސިފަކޮށް، އެކަން ދިފާޢުކުރަމުންދާ ދަނޑުވަޅެއްގައެވެ. މި މައްސަލައިގައި ސަރުކާރުގެ ގިނަ ވަޒީރުންނާއި އާންމުންގެ ގިނަ ބަޔަކު ދަނީ އެ ނޫހުގެ އަމަލުތައް ކުށްވެރިކުރަމުންނެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނިހާން ވިދާޅުވީ، ހައްދެއްނެތް މިނިވަންކަމަކީ އޭގެ ޒާތުގައި އަމިއްލައަށް ނެތިގޮސްދާނެ އެއްޗެއް ކަމަށާއި، ހަގީގީ މިނިވަންކަން ދެމިއޮންނަނީ ގާނޫނާއި، ހަމަހަމަކަމާއި، އަދި ޒިންމާދާރުވުމުގެ ތެރެއިން ކަމަށެވެ.

 ޖޯން ސްޓިއުއާޓް މިލް ފާހަގަކުރައްވާފައިވާ ފަދައިން، މިނިވަންކަމަކީ އެހެން މީހުންގެ ހައްގުތަކަށް އިހުތިރާމްކުރަންޖެހޭ އެއްޗެއް ކަމަށް ނިހާން ވިދާޅުވިއެވެ. އަދި އެހެންނޫންނަމަ، އޭގެ ސަބަބުން އަދުލުވެރިކަން ގެއްލިގެންދާން ފަށާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ނިހާން އިތުރަށް ވިދާޅުވީ، މިނިވަންކަމުގައި ވަކި އިންތަކެއް ނެތްނަމަ، ތޯމަސް ހޮބްސް އިންޒާރު ދެއްވި ފަދަ ބޭއަދަބީ ހާލަތަކަށް ކަންކަން ގޮސް، ހަމަޖެހުމުގެ ބަދަލުގައި ހަމަނުޖެހުން އުފެދުމުގެ ބިރު އޮންނާނެ ކަމަށެވެ.

"ހަގީގީ މިނިވަންކަމަކީ އެކަހެރިކޮށް އޮންނަ އެއްޗެއް ނޫން؛ އެކަން ދެމިއޮންނަނީ ގާނޫނާއި، ހަމަހަމަކަމާއި، އަދި ޒިންމާދާރުވުމުގެ ތެރެއިން،" ނިހާން ވިދާޅުވިއެވެ

މިއީ ފަރުދީ ހައްގުތަކާއި މުޖުތަމައުގެ ނިޒާމު ރައްކާތެރިކޮށްދޭނެ މަގުކަން ފާހަގަކުރައްވަމުން، ނިހާން ވަނީ ޒިންމާދާރު ނޫސްވެރިކަމެއްގެ މުހިންމުކަމަށް އަލިއަޅުވާލައްވާފައެވެ. 'އަދަދު' ނޫހުން ތައްޔާރުކުރި ޑޮކިއުމެންޓްރީއާ ގުޅިގެން އުފެދިފައިވާ މައްސަލަ މިހާރު ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450