Ads by Farudhun

ޚަބަރު

އެއްވެސް ފަރާތަކަށް އަމާޒުކޮށް ތާއަބަދު ފުރައްސާރަކޮށް ދޮގު ވާހަކަ ފެތުރުމަކީ މިނިވަން ނޫސްވެރިކަމެއް ނޫން: ވަޒީރު ހީނާ

އެއްވެސް ފަރާތަކަށް އަމާޒުކޮށް ތާއަބަދު ފުރައްސާރަކޮށް ދޮގު ވާހަކަ ފެތުރުމަކީ މިނިވަން ނޫސްވެރިކަމެއް ނޫން: ވަޒީރު ހީނާ

ވަޒީރު ހީނާ ވަލީދު. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

28 އޭޕްރީލު 2026، 03:27

28 އޭޕްރީލު 2026، 03:27

ހުލާސާ


 ތާއަބަދު ފުރައްސާރަކޮށް ސާބިތުނުހިފޭ ދޮގު ވާހަކަ ފެތުރުމަކީ މިނިވަން ނޫސްވެރިކަމެއް ނޫން ކަމަށް  ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ހީނާ ވިދާޅުވީ، ނޫސްވެރިކަމަކީ މުޤައްދަސް މަސައްކަތެއް ކަމަށާއި، ދުލާ ގަލަމުގެ މިނިވަންކަމަކީ ވަކި ހުދޫދެއް އޮތް ކަމެއް ކަމަށެވެ. އަދި ނޫސްވެރިކަމަށްވުރެ މަތީ އަމުރުފުޅަކުން އިންސާނާގެ އަބުރާ ކަރާމާތަކީ މާތްކުރައްވާފައިވާ އެއްޗެއްކަން ހީނާ ފާހަގަކުރެއްވިއެވެ.

ހީނާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ އާއިލާއަށް ނުވަތަ އެހެން އެއްވެސް ފަރާތަކަށް އަމާޒުކޮށް ފުރައްސާރަކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

 "ސާބިތު ނުހިފޭ ގަދަފުގެ ތުހުމަތު ގައުމުގެ ވަލިއްޔުލްއަމްރުގެ މައްޗަށް ނުވަތަ އެހެން އެއްވެސް މީހެއްގެ މައްޗަށް ކުރުމުން އެކަމަކީ ތަހުގީގުކޮށް ފިޔަވަޅު އަޅާ އިންސާފު ގާއިމުކުރަންޖެހޭ ކަމެއް،" ވަޒީރު ވިދާޅުވިއެވެ.

ހީނާ މިހެން ވިދާޅުވެފައިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަބުރާއި ކަރާމަތަށް އަރައިގަނެ 'އަދަދު' ނޫހުން ތައްޔާރުކޮށްފައިވާ ޑޮކިއުމެންޓަރީއެއްގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ދަނޑިވަޅެއްގައެވެ. މި މައްސަލައިގައި ފުލުހުން ވަނީ އަދަދު ނޫހުގެ އޮފީހަށް ވަދެ އެތަން ބަލައި ފާސްކޮށް، އޮފީސް ސީލްކޮށްފައެވެ.

ނަމަވެސް، މި މައްސަލައިގައި އިދިކޮޅު ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ މިއީ ނޫސްވެރިކަމުގެ މިނިވަންކަން ނަގާލުން ކަމަށާއި، މިކަމާ ދެކޮޅަށް އަޑުއުފުލަންޖެހޭ ކަމަށެވެ.

ނަމަވެސް ރާއްޖޭގެ ގިނަ އިލްމުވެރިން ބުމަމުންދަނީ ގަޒްފު ކުރުމަކީ އެއްވެސް ހާލަތެއްގައި ކުރެވިގެނވާނެ ކަމެއް ނޫންކަމަށާއި، އެކަމަކީ މުޖުތަމައުގެ ފިތުނަ ފަސާދަ އުފެދޭ ކަމެއް ކަމަށެވެ. އިސްލާމްގެ ދީނުގައި މީހުންގެ އަބުރު ކަތިލުމަކީ ވަރަށް ބޮޑަށް މަނާކުރައްވާފައިވާ ކަމެއް ކަމަށްވެސް އިލްމުވެރިން ދަނީ ވިދާޅުވަމުންނެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450