Ads by Farudhun

ޚަބަރު

ހަލާލެއް ހަރާމެއް ނުބަލައި މީހުންގެ އަބުރު ކަތިލުމަކީ އިންތިހާއަށް ނުރައްކާތެރި ކަމެއް: މެމްބަރު އިބްރާހީމް މުޙައްމަދު

ހަލާލެއް ހަރާމެއް ނުބަލައި މީހުންގެ އަބުރު ކަތިލުމަކީ އިންތިހާއަށް ނުރައްކާތެރި ކަމެއް: މެމްބަރު އިބްރާހީމް މުޙައްމަދު

މެމްބަރު އިބްރާހީމް މުޙައްމަދު/ފޮޓޯ: ސަންގު

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

28 އޭޕްރީލު 2026، 05:15

28 އޭޕްރީލު 2026، 05:15

ރާއްޖޭގައި ހަލާލެއް ހަރާމެއް ނުބަލައި މީހުންގެ އަބުރު ކަތިލުމަކީ އިންތިހާއަށް ނުރައްކާތެރި ކަމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު އިބްރާހީމް މުޙައްމަދު ވިދާޅުވެއްޖެއެވެ.

މެމްބަރު މިފަދައިން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަބުރުފުޅަށް އުނިކަން އަންނަ ގޮތަށް، 'އަދަދު' ނޫހުން ޒިނޭގެ ދޮގު ތުހުމަތުތަކެއް ފަތުރަމުންދިޔުމާއި ގުޅިގެން ކުރެއްވި ޕޯސްޓެއްގައެވެ.

މިކަމާއި ގުޅިގެން މެމްބަރު އިބްރާހީމް 'ފޭސްބުކް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރަޖިސްޓްރީކޮށްގެން ނޫސް ހިންގުމާ ހަސަދަވެރިކަން ހިންގުމަކީ ދެކަމެއް ކަމަށެވެ. އަދި ދިވެހިރާއްޖެއަކީ ސެކިއުލާ ނުވަތަަ އަލްމާނީ ޤައުމެއް ނޫންކަން މެމްބަރު ފާހަގަކުރެއްވިއެވެ. އެއީ ނާއި ދައުލަތް ވަކިކޮށްފައި އޮންނަ އޮތުމެވެ. ހަމަ އެހެންމެ، ރާއްޖެއަކީ ލިބެރަލް ޑިމޮކްރަސީއެއް ވެސް ނޫން ކަމަށާއި، ލިބަރަލް ފިކުރަކީ ހުރިހާ އަގުކުރުމަކަށްވުރެ ފަރުދީ މިނިވަންކަމާއި ޙައްޤުތައް އިސްކުރުމުގެ ފަލްސަފާކަމަށް މެމްބަރު އިބްރާހީމް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން، ހަލާލެއް ހަރާމެއް ނުބަލައި މީހުންގެ އަބުރު ކަތިލުމަކީ އިންތިހާއަށް ނުރައްކާތެރި ކަމެއްކަމަށާއި، އެއީ އިސްލާމްދީން ބާވާލެއްވި 5 މަޤްޞަދު ހިމާޔަތްކުރުމާ ދެކޮޅަށް، އިސްލާމީ ޝަރީޢަތް ބަލިކަށިކުރަން ބަޔަކު ހިންގާ ޖަރީމާއެއް ކަމަށް މެމްބަރު ވަނީ ވިދާޅުވެފައެވެ. ހަމަ އެއާއެކު، އިސްލާމީ ޤައުމެއްގައި އަބުރު ކަތިލުމުގެ ކަންކަން ކުރަން ޖާގަނުދީ އެކަަންކަން ހުއްޓުވަންޖެހޭނެކަމަށް ވެސް މެމްބަރު ވިދާޅުވެފައި ވެއެވެ.

ދޮގު މަޢުލޫމާތު ފަތުރައިގެން މީހުންގެ އަބުރު ކަތިލާ ފަރާތްތަކުން އެކަމަށް ޤާނޫނީ ގޮތުން ޖަވާބުދާރީވާންޖެހޭނެ ކަމަށް ބުނެ، ގިނަ ރައްޔިތުން އަންނަނީ މީސްމީޑިއާގެ އެކި މަންސަތަކުގައި ވެސް ބަހުސްކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450