Ads by Farudhun

ޚަބަރު

ޓެކްސީ ނަފާ ލޯނުގެ މައްސަލަ ހައްލުކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި

ޓެކްސީ ނަފާ ލޯނުގެ މައްސަލަ ހައްލުކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި

ޓެކްސީ ނަފާ ލޯނުގެ މައްސަލަ ހައްލުކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުން / ފޮޓޯ: އިޤުތިޞާދީ ތަރައްޤީ އާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާ

farudhun logo

ފަރުދުން

28 އޭޕްރީލު 2026، 08:50

28 އޭޕްރީލު 2026، 08:50

ޓެކްސީ ނަފާ ލޯނުގެ މައްސަލައާ ގުޅިގެން އެ ލޯނު ލިބިފައިވާ ބައެއް ފަރާތްތަކާއި އިޤުތިޞާދީ ތަރައްޤީ އާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު މިއަދު ބައްދަލުކުރައްވައިފިއެވެ.

މި މައްސަލަ އެފެދުނީ، ޓެކްސީ ނަފާ ލޯނު ލިބިގެން ޓެކްސީ ގަތުމަށްފަހު ޓެކްސީ ރެޖިސްޓްރީ ނުކުރެވުމުގެ ސަބަބުންނެވެ. މިހެންދިމާވުމަށްފަހު އެ ކަމުން އާމްދަނީ ލިބޭނެ މަގެއް ފަހިވެފައި ނުވަނީސް ލޯނު ދައްކަން ޖެހުމުން، އެކަން ވެގެންދިޔައީ އެ ޙާލަތު މެދުވެރިވެފައި ތިބި ގިނަ ބައެއްގެ ބޮޑު ކަންބޮޑުވުމަކަށެވެ.

އެހެންކަމުން، މި ފަރާތްތަކާއި ވަޒީރު ބައްދަލުކުރެއްވީ، އެ މައްސަލަ ޙައްލު ކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށެވެ.

ޓެކްސީ ނަފާ ލޯނުގެ މައްސަލަ ހައްލުކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުން / ފޮޓޯ: އިޤުތިޞާދީ ތަރައްޤީ އާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާ

މި ބައްދަލުކުރެއްވުމުގައި އެ ލޯން ސްކީމްއާ ގުޅިގެން ހުރި ކަންބޮޑުވުންތައް އައްސަވައި، މައްސަލަ ޙައްލުކުރެވިދާނެ ގޮތްތަކާ ގުޅިގެން މަޝްވަރާ ކުރައްވާފައިވާކަމަށް އިޤުތިޞާދީ ތަރައްޤީ އާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.

އަދި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ތަޞައްވުރާ އެއްގޮތަށް، ދިވެހި ރައްޔިތުންގެ އަޑު އަހައި، ރައްޔިތުންގެ ހުރި މިފަދަ ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ހޯދައިދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެކަމުގެ ޔަޤީންކަން ވަނީ ވަޒީރު ދެއްވާފައެވެ.

މި މައްސަލައަށް އެޑްރެސްކޮށް މިދިޔަ ހަފްތާގައި ސޯސަލް މިޑިއާގައި އާންމު ފަރާތަކުން ޚިއްޞާކުރި ސިޓީއެއްގައި އޮތީ، ޓެކްސީ ނަފާ ލޯނު ސްކީމްގެ ދަށުން ލިބިފައިވާ ކާރުތައް ރަޖިސްޓަރނުވެ ހުއްޓައި ލޯނު އަނބުރާ ދެއްކުމަށް ލޯނު ދޫކުރި ފަރާތްތަކުން އަންގަމުންދާކަމަށެވެ. އެގޮތުން ކާރުތައް ރަޖިސްޓަރ ކުރުމުގެ ޢަމަލީ މަސައްކަތް ލަސްވެ، ބައެއް ކާރުތައް ރަޖިސްޓަރީނުވެ ހުއްޓައި ލޯނުދެއްކުމަށް ތަކުރާރުކޮށް އަންގަމުން ދިއުމަކީ ލޯނު ނެގި ފަރާތްތަކަށް ވަރަށް ބޮޑު ތަކުލީފަކާއި ކަންބޮޑުވުމަކަށްވެފައިވާ ކަމެއްކަމަށް ވިދާޅުވިއެވެ. އަދި މިއީ ލޯނު ނެގި ފަރާތްތަކަށް ވިޔަފާރިން ލިބެންޖެހޭ ނަފާ ލިބޭނެ ގޮތެއް ނެތި، ހަމަޔާ ޢަދުލުވެރިކަމާ ޚިލާފު ކަމެއްކަމަށް ދެކޭކަމަށް ވެސް އެ ފަރާތުގެ އުދާސްތައް ހާމަކުރަމުން ވަނީ ލިޔުއްވާފައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450