Ads by Farudhun

ޚަބަރު

އިންފުލުއެންޒާ ފެތުރުން އިތުރުވަނީ، ސަމާލުކަން ދޭންވީ މިކަންކަމަށް!

އިންފުލުއެންޒާ ފެތުރުން އިތުރުވަނީ، ސަމާލުކަން ދޭންވީ މިކަންކަމަށް!

އިންފުލުއެންޒާ ފެތުރުން އިތުރުވަނީ. ފޮޓޯ: ސީއެމްކިޔު ހޮސްޕިޓަލް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

29 އޭޕްރީލު 2026، 01:58

29 އޭޕްރީލު 2026، 01:58

އިންފުލުއެންޒާ ފެތުރުން އިތުރުވަމުންދާތީ ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އިން އިލްތިމާސް ކޮށްފިއެވެ. 

އެއެޖެންސީއިން މީސްމީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ މިދުވަސްވަރު އިންފްލުއެންޒާ އިތުރުވަމުންދާ ކަމަށެވެ. އެއާއިއެކު އިންފްލުއެންޒާއިން ރައްކާތެރިވުމަށް ސަމާލުވާންވީ ކަންކަން ބުނެދީފައިވެއެވެ. 

އެގޮތުން ސަމާލުކަން ދޭންވީ ކަންކަމަކީ:-

  • އަތް ދޮވުން: ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮވުން. 
  • މާސްކް އެޅުން: ބަލީގެ އަލާމާތް ހުރިނަމަ ނުވަތަ މީހުން ގިނަ ތަންތަނުގައި މާސްކް އެޅުން.
  •  ސާފުތާހިރުކަން: ކެއްސާ ކިނބިހި އަޅާއިރު އަނގަޔާއި ނޭފަތް ނިވާކުރުން.
  • ބަލިވެއްޖެނަމަ: ގިނައިން ދިޔާ އެއްޗެހި ބުއިން އަދި ބަލި ބޮޑުވާނަމަ ޑޮކްޓަރަށް ދެއްކުން.

އެޗްޕީއޭއިން ވަނީ އަމިއްލަ ސާފުތާހިރުކަމަށް އިސްކަންދީ، އެހެން މީހުންނަށް ބަލި ފެތުރުނަނުދިނުމަށް އެންމެން އެކުގައި މަސައްކަތް ކުރުމަށް އިލްތިމާސްކޮށްފައެވެ.

 ޕޯސްޓާއެކު އާންމުކޮށްފައިވާ ކުރު ވީޑީއޯ ކޮޅެއްގައި ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރ އަޙްމަދު ފައިސަލް ވިދާޅުވެފައިވަނީ އިންފްލްއެންޒާއަކީ ވައިރަސްއަކުން ފެތުރޭ ބައްޔެއް ކަމަށާއި މިއަށް ކިޔަނީ އިންފްލްއެންޒާ ވައިރަސް ކަމަށެވެ. 

“މީގަ ފެންނަ ޢަލާމާތްތަކަކީ ހުމާއި ރޯގާއާއި ބޮލުގަރިއްސުން އަދި އޭގެ އިތުރުން ބައެއް ފަހަރަށް ލޯރަތްވުން ކަހަލަ ކަންތައްތައްވެސް ދިމާވާނެ، ކަރުތެރެ ސަކާރާތްވުމާއި އަދި ކެއްސުން ފެންނާނެ، ދެން ފުއްޕާމެއަށް ހިފައިފިއްޔާ ފެންނާނެ ނޭވާލާން އުނދަގޫވުން އަދި އޮކްސިޖަން ދައްވުން މިކަހަލަ ކަންތައްތަކެއް ފެންނާނެ” ޑރ އަޙްމަދު ފައިސަލް

ޑރ ފައިސަލް ވިދާޅުވީ މިބަލީގައި އެންމެ ބޮޑަށް ނުރައްކާވަނީ އެންމެ ތުއްތު ކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި އިތިުރު ބައްޔެއް ހުންނަ މީހުންނަށް ކަމަށެވެ. އެގޮތުން ހަކުރު ބަލި ލޭގެ ޕްރެޝަރު މައްޗަށް ދާ މީހުން ކިޑްނީގެ ބަލި ހުންނަ މީހުން ނުވަތަ ހިތުގެ ބަލި ތައް ފަދަ ބަލިތައް ހުންނަ މީހުންނަށް ނުރައްކާ އިތުރުވެދާނެ ކަމަށެވެ. 

ޑރ ފައިސަލް އިތުރަށް ވިދާޅުވީ އިންފްލުއެންޒާއިން ރައްކާތެރިވުމަށް އެންމެ އިސްކަންދޭންވީ އަތުގެ ސާފުތާހިރު ކަމަށް ކަމަށެވެ. އެގޮތުން އަތް ދޮވުން އާދައަކަށް ހެދުމަށް ޑރ އިލްތިމާސް ކުރެއްވިއެވެ. 

މީގެއިތުރުން ކެއްސާ ކިނބިހި އަޅާއިރު ނޭފަތާއި އަނގަ ބަންދުކުރުމަށް ޑރ ފައިސަލް ވިދާޅުވިއެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450