Ads by Farudhun

ޚަބަރު

މިހާތަނަށް ސީދާކޮށްވެސް އަދި ނުސީދާކޮށްވެސް ޑޮކިޔުމެންޓަރީ މައްސަލައަށް ނުފޫޒެއް ނުފޯރުވަން: ވަޒީރު އިޙްސާން

މިހާތަނަށް ސީދާކޮށްވެސް އަދި ނުސީދާކޮށްވެސް ޑޮކިޔުމެންޓަރީ މައްސަލައަށް ނުފޫޒެއް ނުފޯރުވަން: ވަޒީރު އިޙްސާން

ވަޒީރު ޢަލީ އިޙްސާން. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

30 އޭޕްރީލު 2026، 01:57

30 އޭޕްރީލު 2026، 01:57

ފުލުހުން ހިންގާ އެއްވެސް ތަހުގީގަކަށް ސީދާކޮށްވެސް އަދި ނުސީދާކޮށްވެސް ނުފޫޒު ފޯރުވާފައި ނުވާނެ ކަމަށާއި، އެފަދަ ބާރެއް ލިބިގެންވެސް ނުވާ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

 ވަޒީރު މިހެން ވިދާޅުވީ 'އައިޝާ' ޑޮކިޔުމެންޓަރީއާ ގުޅިގެން ހިންގާ ތަހުގީގަށް ސަރުކާރުގެ ނުފޫޒު އޮތް ކަމަށް ދޭހަވާ ގޮތަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.

ވަޒީރު އިޙްސާން ވިދާޅުވީ ޖިނާއީ ތަޙުޤީޤު ހިންގުމަށް ޤާނޫނުން މަތިކޮށްފައިވާ ފުލުހުންގެ އިދާރާއަކީ ދާޚިލީ ވަޒީރުގެ ބެލުމުގެ ދަށުން ހިނގަމުންދާ މުއައްސަސާއަކަށް ވީނަމަވެސް، ފުލުހުންގެ މުއައްސަސާއިން ހިނގަމުންދާ އެއްވެސް ތަޙުޤީޤަކަށް ސީދާކޮށް ވިޔަސް އަދި ނުސީދާކޮށް ވިޔަސް ނުފޫޒުފޯރުވުމުގެ ބާރު ވަޒީރަށް ލިބިގެން ނުވާ ކަމަށެވެ. އަދި އެބާރު ލިބިގެން ނުވާތީ އެބާރު ބޭނުން ނުކުރައްވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު ޢަބްދުﷲ ދީދީއަށް ރައްދު ދެއްވަމުން ވަޒީރު ވިދާޅުވީ، "އަޅުގަނޑު މަޤާމުގެ މަސްއޫލިއްޔަތު އަދާކުރަނީ މަނިކުފާނު އުއްތަމަ ފަނޑިޔާރުކަން ކުރެއްވިގޮތަކަށް ނޫން" ކަމަށެވެ. މިއީ 'އައިޝާ' ޑޮކިޔުމެންޓަރީގެ ތަޙުޤީޤަކީ ސަރުކާރުގެ ނުފޫޒުން އެއްކިބާވެގެން ހިންގާ މިނިވަން ތަޙުޤީޤަކަށް ހެދުމަށްޓަކައި ޚާއްޞަ އިންވެސްޓިގޭޓަރަކާ އެ ތަޙުޤީޤު ހިންގުން ޙަވާލުކުރަންޖެހޭ ކަމަށް ޑރ. އަހްމަދު ޢަބްދުﷲ ވިދާޅުވުމާ ގުޅިގެން ދެއްވި ރައްދެކެވެ.

ވަޒީރު އިތުރަށް ބަޔާންކުރެއްވި ގޮތުގައި، މިހާތަނަށް އެއްވެސް ތަހުގީގަކަށް ސީދާކޮށްވެސް އަދި ނުސީދާކޮށްވެސް ނުފޫޒު ފޯރުވާފައެއް ނުވާނެއެވެ. އަދި ފުލުހުންގެ މުއައްސަސާއިން ކުރިއަށްގެންދާ މަސައްކަތްތަކަކީ ޤާނޫނީ އިމުގެ ތެރެއިން ހިނގާ މިނިވަން މަސައްކަތްތަކެއްކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450