Ads by Farudhun

ޚަބަރު

ޕީ.ސީ.ބީގެ ރައީސްކަމަށް ނިޒާރު އައްޔަން ކުރައްވައިފި

ޕީ.ސީ.ބީގެ ރައީސްކަމަށް ނިޒާރު އައްޔަން ކުރައްވައިފި

މުހައްމަދު ނިޒާރު -- ފޮޓޯ : އެޓޯލް ޓައިމްސް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

30 އޭޕްރީލު 2026، 09:03

30 އޭޕްރީލު 2026، 09:03

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީ.ސީ.ބީ) ގެ ރައީސްކަމުގެ މަގާމަށް މ. ފައިޒާ، މުޙައްމަދު ނިޒާރު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ޢައްޔަންކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި، ނިޒާރު މި މަގާމަށް އައްޔަންކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި ގއ. ދެއްވަދޫ، ދޭލިޔާގެ، މުޙައްމަދު އަނަސް މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

މުޙައްމަދު ނިޒާރަކީ ވިޔަފާރިއާއި ހިންގުމުގެ ދާއިރާއިން މަތީ ތަޢުލީމު ހާސިލުކުރައްވައި، އެ ދާއިރާގައި ފުޅާ ދާއިރާއެއްގައި ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ. މިއީ ޕީ.ސީ.ބީގެ ރައީސްކަމުގެ މަގާމަށް ނިޒާރު ޢައްޔަންކުރެއްވި ދެވަނަ ފަހަރެވެ. މީގެ ކުރިން 2014 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާ ހަމައަށްވެސް އެ ބޯޑުގެ ރައީސްކަން ކުރެއްވީ ނިޒާރެވެ.

މީގެ އިތުރުން، ނިޒާރަކީ ސަރުކާރުގެ ވިޔަފާރި ކުންފުނި، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސް.ޓީ.އޯ) ގައިވެސް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން އެ ކުންފުނީގެ އެކި އިސް މަގާމުތަކުގައި 14 އަހަރު ދުވަހު އޭނާ ވަނީ މަސައްކަތް ކުރައްވާފައެވެ.

ދައުލަތުގެ ކުންފުނިތައް ބަލަހައްޓައި، ހިންގުން ހަރުދަނާކުރުމުގެ ޒިންމާ މަތިކޮށްފައިވާ ޕީ.ސީ.ބީގެ ރައީސްކަމަށް ނިޒާރު މި ޢައްޔަންކުރެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދައުލަތުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450