Ads by Farudhun

ޚަބަރު

މަސައްކަތްތެރިންގެ ފަރާތުން ފެނިގެންދަނީ ވަރުގަދަ އަޒުމާއި އެތައް ގުރުބާނީއެއް: މެޑަމް ސާޖިދާ

މަސައްކަތްތެރިންގެ ފަރާތުން ފެނިގެންދަނީ ވަރުގަދަ އަޒުމާއި އެތައް ގުރުބާނީއެއް: މެޑަމް ސާޖިދާ

މެޑަމް ސާޖިދާ މުހައްމަދު -- ފޮޓޯ : ރައީސް އޮފީސް

01 މޭ 2026، 11:52

ދިވެހިރާއްޖޭގެ ތަރައްގީގައި ހިއްސާވާ ހީވާގި މަސައްކަތްތެރިންގެ ފަރާތުން ފެނިގެންދަނީ ވަރުގަދަ އަޒުމަކާއި ގައުމަށްޓަކައި ވާ އެތައް ގުރުބާނީތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ހުރިހާ މަސައްކަތްތެރިންނަށް ތަހުނިޔާ އާއި އިހުތިރާމް އަދާކުރައްވައި މެޑަމް ސާޖިދާ މިއަދު ވަނީ މެސެޖެއް ފޮނުއްވާފައެވެ. "އެކްސް" މެދުވެރިކުރައްވައި ދެއްވި މި މެސެޖުގައި އެކަމަނާ ވަނީ، ރާއްޖޭގެ ކުރިއެރުމަށްޓަކައި މަސައްކަތްތެރިން ކުރަމުންދާ ބުރަ މަސައްކަތްތަކަށް ނުހަނު ބޮޑަށް ސާބަސް ދެއްވާފައެވެ.

މެޑަމް ސާޖިދާ ވިދާޅުވީ، ދިވެހި މަސައްކަތްތެރިންގެ ފަރާތުން ފެންނަ ހިތްވަރާއި، ގައުމުގެ ކުރިމަގަށްޓަކައި އެ ފަރާތްތަކުން ވަމުންދާ ގުރުބާނީތަކަށްޓަކައި އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށެވެ. އަދި މަސައްކަތްތެރިންގެ ކިބައިގައި ހުރި ވަރުގަދަ އަޒުމަކީ މިއަދާއި އަބަދުވެސް ފާހަގަކޮށް، އޭގެ އަގު ވަޒަންކުރަންޖެހޭ މުހިންމު ސިފައެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ކޮންމެ އަހަރެއްގެ މޭ މަހުގެ އެއްވަނަ ދުވަހަކީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ މަސައްކަތްތެރިންގެ ދުވަހެވެ. މި ދުވަސް ފާހަގަކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ގައުމުގެ އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީގައި މަސައްކަތްތެރިން އަދާކުރާ މުހިންމު ދައުރުގެ އަގުވަޒަންކުރުމާއި، އެމީހުންގެ ހައްގުތައް ރައްކާތެރިކުރުމަށް ބާރުއެޅުމެވެ.

މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ މަސައްކަތްތެރިންނަށް ހާއްސަ މެސެޖެއް ފޮނުއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށާއި، މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން އިސްކަންދޭ މިންވަރު ވަނީ ހާމަކުރައްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450