ޚަބަރު
އެމްޕީއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ އެގްޒެކެޓިވް މެންބަރުކަމުގެ މަޤާމަށް ލަމްއާން އައްޔަންކޮށްފި
މ. ހަޒާރީވިލާ، މުހައްމަދު ލަމްއާން---
ފަރުދުން
01 މޭ 2026، 05:22
01 މޭ 2026، 05:22
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ޑިރެކްޓަރުންގެ ބޯޑުގެ އެގްޒެކެޓިވް މެންބަރުކަމުގެ މަޤާމަށް މ. ހަޒާރީވިލާ، މުހައްމަދު ލަމްއާން އައްޔަންކޮށްފިއެވެ.
މޯލްޑިވްސް އެއާރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްސީއެލް)ގެ ޑީއެމްޑީގެ މަޤާމުގައި ކުރިން ހުންނެވި ލައްމާން އެމްޕީއެލްގެ ބޯޑު މެންބަރަކަށް އައްޔަންކޮށްފައިވާކަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ހާމަކުރީ މިއަދުއެވެ.
ލަމްއާން މިއަދު އެމްޕީއެލްގެ ބޯޑަށް އައްޔަންކުރައްވާފައިވާއިރު، އޭނާ އެމްއޭސީއެލްއިން އިސްތިއުފާ ދެއްވީ ބުރާސްފަތި ދުވަހުކަން ވެސް ފާހަގަކޮށްލެވެއެވެ.
ލަމްއާން އެމްޕީއެލްގެ ބޯޑަށް އައްޔަންކުރައްވާފައިވަނީ، އެ މަޤާމުގައި ކުރިން ހުންނެވި ހ. އާހަމަ، އިބްރާހިމް ޒިޔަތު ވަކިކުރުމަށްފަހުއެވެ.
ލަމްއާން ވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެނަކައިގެ އެމްޑީގެ މަޤާމު ވެސް އަދާކުރައްވާފައެވެ.