Ads by Farudhun

ޚަބަރު

ފުލުހުންގެ އިމަޖެންސީ ލައިންތަކަށް ދިމާވި ޓެކްނިކަލް މައްސަލަ ހައްލުކޮށް، ޚިދުމަތް އާންމު ހާލަތަށް ގެނެސްފި

ފުލުހުންގެ އިމަޖެންސީ ލައިންތަކަށް ދިމާވި ޓެކްނިކަލް މައްސަލަ ހައްލުކޮށް، ޚިދުމަތް އާންމު ހާލަތަށް ގެނެސްފި

ހުސެއިން އާދަމް ބިލްޑިންގް-- ފޮޓޯ ޕީއެސްއެމް

04 މޭ 2026، 11:22

ދިވެހި ފުލުހުންގެ ޚިދުމަތުން ބޭނުންކުރަމުންދާ އިމަޖެންސީ ނަންބަރުތަކަށް މިއަދު ދިމާވި ޓެކްނިކަލް މައްސަލަ ހައްލުކޮށް، އަލުން ޚިދުމަތް ދޭން ފަށައިފިއެވެ.

ފުލުހުންގެ މައި އިދާރާ، ޝަހީދު ޙުސައިން އާދަމް ބިލްޑިންގުން މައުލޫމާތު ދެއްވި ގޮތުގައި، މިއަދު ހެނދުނުގެ ވަގުތެއްގައި ދިމާވި މި މައްސަލައިގެ ސަބަބުން ފުލުހުންގެ މައި އިމަޖެންސީ ނަންބަރު ކަމަށްވާ 911 ގެ އިތުރުން، ހޮޓްލައިން ނަންބަރުތައް ކަމުގައިވާ 3322111 އަދި 3322112 އަށް ވަނީ ބުރޫއަރާފައެވެ.

މި ޓެކްނިކަލް މައްސަލަ ދިމާވި ވަގުތުން ފެށިގެން، ކުއްލި ހާލަތްތަކުގައި ގުޅުމަށްޓަކައި ފުލުހުން ވަނީ ވަގުތީ ނަންބަރެއްގެ ގޮތުގައި 9888999 ތައާރަފުކޮށް، އެހީތެރިކަން ބޭނުންވާ ފަރާތްތަކުން އެ ނަންބަރަށް ގުޅުމަށް އިރުޝާދު ދީފައެވެ. ނަމަވެސް، މައްސަލަ ދިމާވިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފުލުހުންގެ ފަންނީ ޓީމުތަކުން ކުރި މަސައްކަތުން މިހާރު ވަނީ ހުރިހާ ލައިންތަކެއް އާންމު ހާލަތަށް ގެނެސްފައެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އިމަޖެންސީ ލައިންތަކަށް ދިމާވި މައްސަލަ މިހާރު އެއްކޮށް ހައްލުކުރެވިފައިވާ ކަމަށާއި، އާންމުންނަށް ކުރިންވެސް ބޭނުންކުރަމުންދިޔަ ރަސްމީ ނަންބަރުތަކުން މިހާރު ޚިދުމަތް ލިބޭނެ ކަމަށެވެ.

މިފަދަ މުހިންމު ޚިދުމަތްތަކަށް މައްސަލަ ދިމާވުމުން އާންމުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި ފުލުހުން ވަނީ މައާފަށް އެދިފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަންނަނީ ދައުލަތުގެ މުއައްސަސާތަކުން ފޯރުކޮށްދޭ ކުއްލި ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، އިތުބާރު ހުރި ނިޒާމެއް ގާއިމުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450