Ads by Farudhun

ޚަބަރު

އިންޑިއާ އާއި ރާއްޖެއާ ދެމެދު ދިފާއީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށްފި

އިންޑިއާ އާއި ރާއްޖެއާ ދެމެދު ދިފާއީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށްފި

އިންޑިއާ އާއި ރާއްޖެއާ ދެމެދު ދިފާޢީ ދާއިރާއިން މަޝްވަރާކުރުން. ފޮޓޯ: ދިފާއީ ވުޒާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

04 މޭ 2026، 08:53

04 މޭ 2026، 08:53

ދިވެހިރާއްޖެ އާއި އިންޑިއާއާ ދެމެދުގައި ދިފާއީ ދާއިރާއިން އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ.

މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައި ވަނީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީ.ބާލަސުބްރަމާނިއަން، ދިފާއީ އަދި ވަތަނީ ހިދުމަތާ ބެހޭ ވަޒީރު ހަސަން ރަޝީދުގެ އަރިހަށް ކުރެއްވި އިހްތިރާމްގެ ޒިޔާރަތުގެ ތެރެއިންނެވެ.

ދިފާއީ އަދި ވަތަނީ ހިދުމަތާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއްވި ގޮތުގައި، މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ދެމެދުގައި ދިފާއީ ދާއިރާއިން ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެ ބޭފުޅުން ވަނީ ފުޅާ ދާއިރާއެއްގައި ވާހަކަފުޅު ދައްކަވާފައެވެ.

މީގެ އިތުރުން، ރާއްޖޭގެ ދިފާއީ ދާއިރާ ހަރުދަނާ ކުރުމަށްޓަކައި އިންޑިއާ ސަރުކާރުން ފޯރުކޮށްދެމުންދާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވައި، ވަޒީރު ހަސަން ރަޝީދު ވަނީ އިންޑިއާ ސަފީރަށް ޝުކުރު އަދާކުރައްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450