ޚަބަރު
ފުނަދޫ ބޭރުގައި ދޮށީ ކަނދުފައްޗެއް ޤާއިމްކޮށްފި
ދޮށީ ކަނދުފަތި ޤާއިމްކުރުން/ފޮޓޯ: ވުޒާރާ
ށ. ފުނަދޫ އިރުއުތުރުން 11.5 މޭލު ބޭރުގައި ދޮށީ ކަނދުފައްޗެއް ޤާއިމްކޮށްފި އެވެ.
މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކުރާ ގޮތުގައި، މި ކަނދުފަތި ޤާއިމްކުރުމުގެ މަޤްޞަދަކީ، އެ ސަރަޙައްދުގެ މަސްވެރިކަން އިތުރަށް ކުރިއަރުވާ ފުޅާކުރުމެވެ.
އެގޮތުން، މި ދޮށީ ކަނދުފަތި ޤާއިމްކުރުމާ ގުޅިގެން އެ ސަރަޙައްދުގެ މަސްވެރިން، ޚާއްޞަކޮށް ޒުވާން މަސްވެރިންނާއި ސްޕޯޓްސް ފިޝިންގްގައި ޝާމިލްވާ ފަރާތްތަކަށް ވަރަށް ބޮޑު ލުއި ފަސޭހަތަކެއް ލިބިގެންދާނެކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. ހަމަ އެހެންމެ، ރާއްޖޭގެ ކަނޑުގެ އެކި ހިސާބުތަކުގައި ކަނދުފަތި ޤާއިމުކުރުމަކީ މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވުޒާރާއިން ޚާއްޞަ އިސްކަމެއް ދީގެން ކުރިއަށް ގެންދާ މަޝްރޫޢެއްކަން ފާހަަގަކޮށްލެވެއެވެ.
ދޮށީ ކަނދުފަތި ނަންބަރު: D09D01
— Min of Fisheries, Agriculture and Ocean Resources (@MFAORmv) May 5, 2026
05 މޭ 2026 ވަނަ ދުވަހު ދޮށީ ކަނދުފަތި، ށ.ފުނަދޫ އިރުއުތުރުން 11.5 މޭލު ބޭރުގައި ޤާއިމްކޮށްފި. pic.twitter.com/q5fTa9Ivs2
ދޮށީ ކަނދުފަައްޗާއި، ވަދު ކަނދުފަތި ޤާއިމުކުރުމާއި، ވިއުގާ ބެލެހެއްޓުމަކީ ސަރުކާރުގެ މަސްވެރިކަމުގެ ސިނާޢަތް ތަރައްޤީކުރުމުގެ ސިޔާސަތުގެ ދަށުން ކުރެވޭ މުހިންމު މަސައްކަތެކެވެ.
ދިވެހިރާއްޖޭގެ ކަނދުފަތީގެ ވިއުގަ އިތުރަށް ފުޅާކޮށް، ޒަމާނީ ޓެކްނޮލޮޖީގެ ވަޞީލަތްތައް ބޭނުންކޮށްގެން އައު ފަރުމާއަކަށް ބަދަލުކުރުމުގެ މަޝްރޫޢެއް އެ މުޒާރާއިން ވަނީ ފަށާފައެވެ.