Ads by Farudhun

ޚަބަރު

އޭޝިއާ މީޑިއާ ސަމިޓުގެ ޕާޓްނަރަކަށް އެޗްޑީސީ ހަމަޖައްސައިފި

އޭޝިއާ މީޑިއާ ސަމިޓުގެ ޕާޓްނަރަކަށް އެޗްޑީސީ ހަމަޖައްސައިފި

އޭޝިއާ މީޑިއާ ސަމިޓުގެ ޕާޓްނަރަކަށް އެޗްޑީސީ ހަމަޖެއްސުމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރުން / ފޮޓޯ: ޕީއެސްއެމް

farudhun logo

ފަރުދުން

05 މޭ 2026، 07:47

05 މޭ 2026، 07:47

ޕަބްލިކް ސާރވިސް މީޑިއާ (ޕީއެސްއެމް)އިން އިންތިޒާމުކުރާ އޭޝިއާ މީޑިއާ ސަމިޓުގެ ޕާޓްނަރަކަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ހަމަޖައްސައި، އެކަމުގެ އެމްއޯޔޫގައި މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ،  އެކްޓިން ހެޑް އޮފް ސީއެސްއާރު ޑިޕާޓްމަންޓް، ހަސަން ޝަހީދެވެ. އަދި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަކީބެވެ. 

މި އަހަރުގެ އޭޝިއާ މީޑިއާ ސަމިޓު ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 11އިން 14އަށް ވިލާ ނޯޓިކާ ރިސޯޓުގައެވެ.

މި ސަމިޓަށްފަހު ކުޑަގިރި "ދޫނިޔާ ޑައިވް ރެކް" ސަރަހައްދުގައި މުރަކަ އިންދުމުގެ ހަރަކާތެއް ކުރިޔަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ހަރަކާތަށް އެޗްޑީސީން އެއްބާރުލުން ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ހަރަކާތް އޮންނާނީ މި މަހުގެ 14 ވަނަ ދުވަހުއެވެ.

މި ހަރަކާތަކީ ދޫނިޔާ ޑައިވް ރެކް ސަރަޙައްދުގެ ގުދުރަތީ ރީތިކަން ދަމަހައްޓައި، މޫދުގެ ދިރުންތައް އާލާކުރުމަށް އެޗްޑީސީން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، ކުރިއަށްގެންދާ ހަރަކާތެކެވެ. 

ތިމާވެށި ހިމާޔަތްކުރުމުގައި، ގްރޭޓާ މާލެ ސަރަހައްދުގައި ހަރަކާތްތެރިވާ މަދަނީ ޖަމިއްޔާ (އެންޖީއޯ) ތަކުން އެ މުރަކަ އިންދުމުގެ ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު މިދިޔަ އޭޕްރީލް މަހުގެ 14 ވަނަ ދުވަހުން ފެށިގެން އެޗްޑީސީން ވަނީ ހުޅުވާލާފައެވެ. އެ ހަރަކާތުގައި ބައިވެރިވާ ޝައުގުވެރިވެލައްވާ ފަރާތްތަކުން، އަދި ހަރަކާތާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރަން ބޭނުންފުޅުވެލައްވާނަމަ [email protected] އަށް އީމެއިލްކުރުމަށް އެ ކުންފުނިން އެދެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450