ޚަބަރު
ފެރިދޫ ފުލުހުންގެ ޕޯސްޓުގެ %96 މަސައްކަތް އެމްޓީސީސީން ނިންމާލައިފި
މަޝްރޫޢުގެ އަދާހަމަ/ފޮޓޯ: އެމްޓީސީސީ
އއ. ފެރިދޫ ފުލުހުންގެ ޕޯސްޓުގެ %96 މަސައްކަތް މިހާރު ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީން ވިދާޅުވެއްޖެއެވެ.
އެމްޓީސީސީން ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ އެތަނުގައި ކަރަންޓާއި ފެނުގެ މެއިން ކަނެކްޝަން ހެދުމުގެ މަސައްކަތްތައް ކަމަށެވެ.
މި ދެއަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ޤާއިމުކޮށް ދިވެހި ފުލުހުންގެ ޚިދުމަތް ޤާއިމުކުރުމަކީ މި ސަރުކާރުގެ އަމާޒެކެވެ. އެގޮތުން، މިއަހަރުގެ މިހާތަނަށް ފުލުހުންގެ މަރުކަޒު ނެތް ގިނަ ރަށްރަށުގައި މަރުކަޒު ޤާއިމުކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
Project Update: Development of Aa. Feridhoo Police
— MTCC Plc (@MTCCPlc) May 6, 2026
Post Water, sewerage and electrical main connection works are in progress. Overall project progress is 96.49%.
Follow more updates at: https://t.co/SfVAzkW2pp #MTCCProjects #TeamMTCC #RayyithungeKunfuni… pic.twitter.com/931BpmeJE6
މިހާރުވެސް ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުން ޤާއިމުވެތިބެ، ރައްޔިތުންނަށް ފުލުހުންގެ ޚިދުމަތްތައް ދެމުން އަންނަ ކަމަށް ކަމާބެހޭ ފަރާތްތަކުން ވިދާޅުވެއެވެ. ނަމަވެސް، އަމިއްލަ މަރުކަޒުތައް ޤާއިމުކުރެވުމުން ފުލުހުންނަށް އިތުރު ވަޞީލަތްތަކާއި ޖާގަ ލިބި، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެ ކަމަށް ބެލެވެއެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކުރުމަކީ މުޖުތަމަޢުގެ ރައްކާތެރިކަމާއި އަމާންކަން ކަށަވަރުކުރުމަށް މުހިންމު ފިޔަވަޅެކެވެ. ވީމާ، ސަރުކާރުން މިކަމަށް ޚާއްޞަ އިސްކަމެއް ދެއްވައެވެ.