Ads by Farudhun

ޚަބަރު

އެފްޑީސީ ފްލެޓްތަކުގައި ރަށްވެހިކުރުމަށް މިހާރު ހުރަހެއް ނޯންނާނެ: ހަމްދާން

އެފްޑީސީ ފްލެޓްތަކުގައި ރަށްވެހިކުރުމަށް މިހާރު ހުރަހެއް ނޯންނާނެ: ހަމްދާން

އެފްޑީސީގެ އެމްޑީ ހަމްދަން ޝަކީލް. ފޮޓޯ:އެފްޑީސީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

06 މޭ 2026، 10:18

06 މޭ 2026، 10:18

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ ފްލެޓްތަކުގައި ދިރިއުޅޭ ފްލެޓްތަކުގެ ވެރިން އެފްލެޓްތަކުގައި ރަށްވެހިކުރުމަށް މާލެ ސިޓީ ކައުންސިލަށް މިހާރު ހުރަހެއް ނޯންނާނެ ކަމަށް އެފްޑީސީގެ އެމްޑީ ހަމްދާން ޝަކީލް ވިދާޅުވެއްޖެއެވެ. 

ހަމްދާން ވިދާޅުވީ އެފްޑީސީގެ ފަރާރުން 17 އޮގަސްޓް 2025 ގައި  މާލެ ސިޓީ ކައުންސިލާއި ބައްދަލުކޮށްފައިވާނެ ކަމަށެވެ.

މިބައްދަލުވުމުގައި އެފްޑީސީގެ ފްލެޓުތައް ލިބިފައިވާ ފަރާތަށް ރަށްވެހިކަން އެ ތަންތާ ޖެއްސުމާ ގުޅޭގޮތުން އެ މާލޭ ސިޓީ ކައުންސިލަށް ބޭނުންވަނީ ކޮން ޑޮކިއުމެންޓޭޝަނެއް ކޮން މަޢުލޫމާތެއްތޯ ސާފުކޮށްފައިވާނެ ކަމަށެވެ.

މީގެއިތުރުން މިދިޔަ ހަފުތާގައި ވެސް އެފްޑީސީ އިން  ވާނީ މާލެ ސިޓީ ކައުންސިލާއި ބައްދަލުކުރުމަށް އެދިފައި ކަަމަށް ހަމްދާން ވިދާޅުވިއެވެ.

އެކަމަށް އެދި އެބައްދަލުވުން އިއްޔެ ބޭއްވިފައިވާއިރުު އެބައްދަލުވުމަށް ފަހު އެފްޑީސީގެ ފްލެޓްތަކުގެ ވެރިންނަށް އެމީހުން ދިރިއުޅޭ ފްލެޓުތަކުގައި ރަށްވެހިކަން ދިނުމަށް މިހާރު އެއްވެސް ހުރަހެއް ސިޓީ ކައުންސިލަކަށް ނޯންނާނެ ކަމަށެވެ.

“އަޅުގަނޑުމެންގެ ޕޯޓަލް މެދުވެރިކޮށް، ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ރޯޑްމެޓްޕާ އެއްގޮތަށް އެއްވެސް ފިޒިކަލް ޑޮކިއުމެންޓޭޝަނަށް ހުށަ ނާޅައި އޮންލައިންކޮށް ހަމަ އެންމެ ކްލިކެއް މެދުވެރިކޮށް ސިޓީ ކައުންސިލަށް ހުށަހަޅަން ބޭނުންވާ ހުރިހާ ލިޔެކިޔުމެއް އެފްޑީސީގެ ޕޯޓަލް މެދުވެރިކޮށް ލިބޭނެ ނިޒާމެއް އިރާދަކުރެއްވިއްޔާ މި ވަނީ ހަމަޖެހިފަ” ހަމްދާން ވިދާޅުވިއެވެ.

ހަމްދާން ވިދާޅުވީ މިހާރު މި ވަގުތުން ފެށިފައި ރަށް ވެހިކަން އެފްޑީސީގެ  ފްލެޓުތަކަށް ހަމަޖެއްސުމާ މެދު އިދާރީ ގޮތުން އެއްވެސް ހުރަހެއް ނޯންނާނެކަމަށެވެ. އަދި އުންމީދަކީ ސިޓީ ކައުންސިލުންވެސް މިކަމުގައި އެންމެ ލުއިފަސޭހަ ގޮތައް ކަންތައްތަށް ހަމަޖައްސައިދިނުން ކަމަށްވެސް ހަމްދާން ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450