Ads by Farudhun

ޚަބަރު

މައްކާ ރޫޓު އިނިޝިއޭޓިވްގެ ދަށުން، ޖިއްދާގައި ލަގެޖުތައް އުފުލުމަށް ކުރިޔަށްވުރެ ފަސޭހަ އިންތިޒާމުތަކެއް

މައްކާ ރޫޓު އިނިޝިއޭޓިވްގެ ދަށުން، ޖިއްދާގައި ލަގެޖުތައް އުފުލުމަށް ކުރިޔަށްވުރެ ފަސޭހަ އިންތިޒާމުތަކެއް

ދިވެހި ޙައްޖު މިޝަނުން ސުބުލް އޮތޯރިޓީއާ ބައްދަލުކުރުން---

farudhun logo

ފަރުދުން

08 މޭ 2026، 04:53

08 މޭ 2026، 04:53

ޖިއްދާ އެއާރޕޯޓުން ޙައްޖުވެރިންގެ ލަގެޖުތައް ހޯދުމާއި އުފުލުމުގައި ބުރައެއް އުފުލަން ނުޖެހި، މިދިޔަ އަހަރަށް ވުރެ އެކަން ފުރިހަމަ ކުރުމަށް ދިވެހި ޙައްޖު މިޝަނުން އިތުރު މަޝްވަރާތަކެއް ކުރިޔަށްގެންގޮސްފިއެވެ. 

އެގޮތުން ސައުދީ އަރަބިއްޔާގެ ސައުދީ ޕޯސްޓުގެ ދަށުން ހިންގާ ސުބުލް އޮތޯރިޓީއާ ގުޅިގެން، ލަގެޖުތައް އެއާރޕޯޓުން ހޮޓަލަށް ގެންދިއުމަށް ފަސޭހަ އަދި އަވަސް ޚިދުމަތްތަކެއް ހޯދުމުގެ ކަންކަން މިހާރު ހަމަޖެހިފައިވާކަމަށް ޙައްޖު މިޝަނުން ވަނީ ފާހަގަކޮށްފައެވެ.

އެގޮތުން ސުބުލް އޮތޯރިޓީއާ ބައްދަލުކޮށް، އެ އޮތޯރިޓީގެ ޚިދުމަތްތައް ރޭވިފައިވާ ގޮތާގުޅިގެން ވަނީ މަޝްވަރާކޮށްފައެވެ. މި މަޝްވަރާތަކަށްފަހު ޙައްޖު މިޝަނުން ބުނީ، ދިވެހި ޙައްޖާޖީންގެ ލަގެޖު ޖިއްދާ އެއަރޕޯޓާއި ހޮޓަލާ ދެމެދު އުފުލުމުގެ ކަންކަމުގައި ޙާޖީންނާއި ކޯޕަރޭޝަނަށްވެސް ވަގުތު ހުސްކުރަން ނުޖެހި، ފަސޭހަކަމާއި އަވަސްކަމާއެކު އެކަން ހަމަޖެހޭނެ ކަމަށެވެ. 



އެހެންކަމުން، ޖިއްދާ އެއާރޕޯޓުން ނިކުމެގެން ޙައްޖުވެރިން ދާންޖެހޭނީ ބަހަށެވެ. އަދި ޙައްޖުވެރީން ހޮޓަލަށް ދިއުމުގެ ކުރިން ލަގެޖުތައް ހޮޓަލަށް ގެންދިއުމަށް އެ ކުންފުނިން މަސައްކަތްކުރާނެއެވެ.

ފާހަގަކޮށްލަންޖެހޭ ގޮތުގައި، މި އިންތިޒާމަކީ މައްކާ ރޫޓް އިނިޝިއޭޓިވްގެ ދަށުގައި ރާއްޖެ ހިމަނާފައި ވާތީ ރާއްޖެއަށް ލިބެމުންދާ ލުއިތަކެއް ކަމެވެ. މި އިންތިޒާމުތައް ސައުދީއިންއިން ހަމަޖައްސައިދެނީ ނިސްބަތުން ގިނަ ޙައްޖުވެރިން ދަތުރުކުރަމުންދާ ޤައުމުތަކަށް އެކަންޏެވެ. ނަމަވެސް މިދިޔަ އަހަރުން ފެށިގން ރާއްޖެއަށް މިކަން ހަމަޖެހުނީ ދެ ޤައުމުގެ ދޭތެރޭގައި އޮންނަ ގާތް ގުޅުމުންކަމަށް ސަރުކާރުން ވަނީ ކުރިން ހާމަކޮށްފައެވެ. 

ދިވެހިރާއްޖޭގެ ޙައްޖު މިޝަންގެ މައްކާ އޮފީހުގެ ވެރިޔާ އައްޝައިޚް އިމްތިޠާއު ޢައްބާސް ވިދާޅުވީ، ލަގެޖާ ގުޅުންހުރި ޚިދުމަތްތައް މި ވޭތުވެދިޔަ އަހަރަށްވުރެ ފުރިހަމަވާނެ ކަމުގެ ޔަޤީންކަން އެޖެންޓު ދީފައިވާކަމަށެވެ.

ޙައްޖުވެރިންގެ ފޮށިތައް އެއަރޕޯޓުން އުފުލުމާއި ފުރުމަށް އެއަރޕޯޓަށް ގެންދާނީވެސް މި އެޖެންޓް މެދުވެރިކޮށް. މިޚިދުމަތަށް ޚާއްސަ އެޕެއްވެސް ކުންފުނިން ވަނީ ތަޢާރަފުކޮށްފައި. އެގޮތުން ކޮންމެ ފޮއްޓެއްގައި ޚާއްސަ ޓެގެއް އަޅުވާނެ. އަދި ޓެގު މެދުވެރިކޮށް މަޢުލޫމާތުތައް ޕާސްޕޯޓާއި ލިންކް ކުރާނެ. އެޖެންޓް މަޢުލޫމާތު ދެނީ ޙައްޖުވެރިން ހޮޓަލަށް ދިއުމުގެ ކުރިން ފޮށިތައް ހޮޓަލަށް ގެންދެވޭވަރަށް މަސައްކަތްތައް ގެންދާނެކަމަށް.

އައްޝައިޚް އިމްތިޠާއު ޢައްބާސް ވިދާޅުވިއެވެ.

މައްކާ ރޫޓު އިނީޝިއޭޓިވްގައި ދިވެހިރާއްޖެ ހިމެނިގެން ދިއުމަކީ ދިވެހި ޙައްޖުވެރިންނަށް ދެމުންގެންދާ ޚިދުމަތްތައް ފަސޭހަ ކުރުމަށް ސަރުކާރުން ކުރަމުންދާ މުހިންމު މަސައްކަތްތަކެވެ. އަދި މި އިނީޝިއޭޓިވްގެ ސަބަބުން ޙައްޖުވެރިން ޖިއްދާ އެއާޕޯޓުގައި ހޭދަކުރަން ޖެހޭ ވަގުތު ވަރަށް ބޮޑަށް މަދުވެ، ޙައްޖުވެރިންގެ ދަތުރަށް ބޮޑު ލުއި ފަސޭހައެއް ލިބިގެންދެއެވެ. 

މި އިނީޝިއޭޓިވްގެ ސަބަބުން ދިވެހި ޙައްޖުވެރިންނަށް ލިބޭ ފަސޭހަތަކުގެ ތެރޭގައި ޕާސްޕޯޓު ޗެކްކުރުމާއި، ވިސާ ހެދުމާއި، ކަސްޓަމްސް ޗެކްކުރުން ފަދަ ކަންކަން ފަސޭހަވެގެން ދިއުން ހިމެނެއެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450