ޚަބަރު
ގއ. އަތޮޅުގެ މެންބަރުކަން ކުރެއްވި ރާމިޒް އަވަހާރަވެއްޖެ
މުހައްމަދު ރާމިޒު -- ފޮޓޯ : އާދަމް ޝިޔާޒު
ރައްޔިތުންގެ މަޖިލީހުގެ ގއ. އަތޮޅުގެ މެންބަރުކަން ކުރީން ކުރައްވާފައިވާ، ގއ. ވިލިނގިއްޔަށް އުފަން ގ. ލިފަދޫ މުޙައްމަދު ރާމިޒް ރޭގެ ވަގުތެއްގައި އަވަހާރަވެއްޖެއެވެ.
"ފަރުދުން" އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މުޙައްމަދު ރާމިޒް އަވަހާރަވީ އައި.ޖީ.އެމް.އެޗް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ. ރާމިޒު އަވަހާރަވީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށްފަހުގައެވެ.
މުޙައްމަދު ރާމިޒަކީ ވިލިނގިއްޔަށާއި މުޅި ގއ. އަތޮޅަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި، ރައްޔިތުންގެ ލޯބި ހޯއްދަވާފައިވާ ބޭފުޅެކެވެ. ޚާއްޞަކޮށް، ދުނިޔެއާ ވަކިވެވަޑައިގަންނަވަންދެން ވެސް އޭނާއަކީ ނިކަމެތިންނާއި އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކަށް ނުހަނު ދީލަތިކަމާއެކު އެހީތެރިކަން ފޯރުކޮށްދެއްވި ދީލަތި މަދަދުގާރެކެވެ.
ރާމިޒްބެ ވަކިވުމަކީ ވިލިނގިލީގެ ރައްޔިތުންނަށާއި އާއިލާއަށް ލިބުނު ފުން ހިތާމައެކެވެ.
މުޙައްމަދު ރާމިޒްގެ ފާފަ ފުއްސަވައި، އެ މަރްޙޫމްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރަށްވާ އަދި އާއިލާއަށް ކެތްތެރިކަން މިންވަރުކުރައްވާށިއެވެ. އާމީން.