Ads by Farudhun

ޚަބަރު

ސިފަމާ ފަން ރަން 2026" އާ ގުޅިގެން ހުޅުމާލޭގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެންނަނީ

ސިފަމާ ފަން ރަން 2026" އާ ގުޅިގެން ހުޅުމާލޭގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެންނަނީ

ހުސެއިން އާދަމް ބިލްޑިންގ -- ފޮޓޮ : ޕީއެސްއެމް

09 މޭ 2026، 02:34

2026 މޭ 9 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ "ސިފަމާ ފަން ރަން 2026" ގެ ހަވީރުގެ އިވެންޓްތަކާ ގުޅިގެން، ހުޅުމާލޭގެ ބައެއް މަގުތަކުގެ ޓްރެފިކް ފްލޯއަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާ ކަމަށް ފުލހުން ބުނެފިއެވެ.

ފުލުހުން ބުނީ މި ހަރަކާތަކީ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވާނެ ކަމަށް ބެލެވޭ އިވެންޓަކަށް ވުމާއެކު، ދުވުމުގެ ބައިވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި ހަރަކާތް އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ޓްރެފިކަށް ބަދަލު ގެނައުމަށް ހަމަޖެހިފައިވާކަމަށެވެ. މި ގޮތުން، މިއަދު ހަވީރު 15:30 އިން ފެށިގެން އިވެންޓްގެ ހުރިހާ ހަރަކާތްތަކެއް ނިމެންދެން، ފުލުހުން އާންމުކޮށްފައިވާ ޗާޓުގައިވާ ގޮތަށް މަގުތަކުގެ ޓްރެފިކް ފްލޯއަށް ބަދަލުތައް ގެނެވޭނެކަމަށެވެ.

މި ވަގުތުތަކުގައި ހުޅުމާލޭގެ ބައެއް ބޮޑެތި މަގުތައް ބަންދުކުރުމާއި، އުޅަނދުފަހަރު ދުއްވާނެ ވަކި ގޮތްތަކެއް ވަނީ ކަނޑައަޅާފައެވެ. އެހެންކަމުން، އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކާއި މަގު ބޭނުންކުރާ އާންމު ރައްޔިތުން މި ބަދަލުތަކަށް ސަމާލުކަންދީ، ޓްރެފިކް ބަލަހައްޓާ ފަރާތްތަކުގެ އިރުޝާދާ އެއްގޮތަށް އަމަލުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މި އިވެންޓާ ގުޅިގެން ގެނެވޭ ބަދަލުތަކުގެ ސަބަބުން އާންމު ދަތުރުފަތުރަށާއި މަގު ބޭނުންކުރާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށްޓަކައި ފުލުހުންގެ އިދާރާތަކުން ވަނީ މައާފަށް އެދިފައެވެ. "ސިފަމާ ފަން ރަން" އަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ބާރުއެޅުމާއި، އިޖުތިމާއީ ގުޅުން ބަދަހިކުރުމުގެ މަގުސަދުގައި ބާއްވާ ހަރަކާތެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450