Ads by Farudhun

ޚަބަރު

ހުޅުމާލެ ފަޅު ބޭރުގައި އޮތް ސަފާރީއެއްގައި އަލިފާން ރޯވެއްޖެ

ހުޅުމާލެ ފަޅު ބޭރުގައި އޮތް ސަފާރީއެއްގައި އަލިފާން ރޯވެއްޖެ

އަލިފާން ރޯވި ސަފާރީ/ފޮޓޯ: އެމްއެންޑީއެފް

09 މޭ 2026، 07:05

ހުޅުމާލެ ފަޅު ބޭރުގައި އޮތް ސަފާރީއެއްގައި އަލިފާން ރޯވެ، ސިފައިންނާއި ފުލުހުން ޙަރަކާތްތެރިވާން ފަށައިފި އެވެ.

މިކަމާއި ގުޅިގެން އެމްއެންޑީއެފުން ވިދާޅުވީ، ހުޅުމާލެއާއި ކުރުނބާ މޯލްޑިވްސް ރިޒޯޓާ ދޭތެރޭ އޮތް "އެމްޕެރަރ އެކްސްޕްލޯރަރ" ސަފާރީގައި އަލިފާން ރޯވެގެން، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

މީގެ އިތުރުން މި ޙާދިސާގެ މަޢުލޫމާތު ހިއްސާކުރައްވަމުން ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ހުޅުމާލެ ފަޅު ބޭރުގައި އަޅާފައި އޮތް ސަފާރީ އެއްގައި އަލިފާން ރޯވެފައިވާ ކަމުގެ މަޢުލޫމާތު މިއަދު ހަވީރު 16:55 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި މި ހާދިސާއާ ގުޅިގެން ފުލުހުން ހަރަކާތްތެރިވަމުންދާއިރު، މި ހާދިސާގައި ދުމުގެ އަސަރުކުރުމާ ގުޅިގެން، ސަފާރީގެ ދެ ފަޅުވެރިއަކަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މި ޙާދިސާގައި ލިބިފައިވާ އިތުރު ގެއްލުންތަކުގެ މަޢުލޫމާތު ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450