Ads by Farudhun

ޚަބަރު

ސިފައިންގެ ގުރުބާނީއަކީ ގައުމުގެ މިނިވަންކަމުގެ ރަތްރޮގު: ރައީސް

ސިފައިންގެ ގުރުބާނީއަކީ ގައުމުގެ މިނިވަންކަމުގެ ރަތްރޮގު: ރައީސް

އެމްއެންޑީއެފްގެ 143 ވަނަ އަހަރީދުވަހުގެ ޖަލސާގައި ރައީސް ބައިވެރިވެ ވަޑައިގަތުން -- ފޮޓޯ : ފަރުދުން

09 މޭ 2026، 11:11

ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަކީ އެއްވެސް އުނިކަމެއް އައުމަށް ފުރުސަތު ނުދޭނެ "ރަތްރޮގެއް" ކަމަށާއި، އެ ރަތްރޮގު ދަމަހައްޓަނީ ދިވެހި ސިފައިން އަމިއްލަ ނަފްސަށްވުރެ ގައުމު އިސްކޮށްގެން ކުރާ ބުރަ މަސައްކަތުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސިފައިންގެ ހިދުމަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މަގާމާ ހަވާލުވެވަޑައިގަތް ފުރަތަމަ ދުވަހު ގައުމާ މުޚާތަބު ކުރެއްވިއިރު ދެއްކެވި ވާހަކަފުޅުތަކަކީ ހިތުގެ އެންމެ ފުންމިނުން ގަބޫލުކުރައްވާ ކަންތައްތަކެއް ކަމަށެވެ. އަދި ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގައި ސިފައިންނާއި ސިފައިންގެ އާއިލާތަކުން ވަމުންދާ ގުރުބާނީތަކަކީ ދިވެހި ރައްޔިތުންނަށް އޭގެ މަންފާ ލިބިގެންދާ މިންނެތް މަސައްކަތްތަކެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ވޭތުވެދިޔަ ދެ އަހަރާއި ހަ މަސްދުވަހުގެ ތެރޭގައި ސަރުކާރުން ކުރި މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ސިފައިންގެ ހިދުމަތް އިތުރަށް ހަރުދަނާކޮށް ފުޅާކުރުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. މިގޮތުން، ވަކިވަކި ސިފައިންގެ ގާބިލިއްޔަތުކަން އިތުރުކުރުމާއި، ސިފައިންގެ ކޮންމެ މީހަކަށް ލިބެންޖެހޭ ހައްގުތައް ކަށަވަރުކޮށްދިނުމަކީ ސަރުކާރުގެ ބޮޑު އިސްކަމެއް ދީފައިވާ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެންމެން ގުޅިގެން މިކުރެވުނު މަސައްކަތަކީ ސިފައިންގެ ހިދުމަތް ފުރިހަމަކުރުމަށް އެކިއެކި ދާއިރާތަކުން ކުރެވުނު މަސައްކަތްތަކެއް. މީގެ ތެރޭގައި ސިފައިންގެ މީހަކަށް ލިބިދޭންޖެހޭ ހައްގުތަކާއި ވަސީލަތްތައް ގާއިމުކޮށްދިނުމުގެ އިތުރުން، އުމްރާނީ ބޮޑެތި މަސައްކަތްތަކާއެކު މި ހިދުމަތް ވަރުގަދަކޮށް ފުޅާކުރުން ހިމެނޭ،" ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ސިފައިންގެ އުމްރާނީ ތަރައްގީއަށް ކުރެވޭ މަސައްކަތްތަކަކީ ގައުމީ ސަލާމަތުގެ އައްޑަނަ ވަރުގަދަކުރުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެކެވެ. އަދި ސިފައިންގެ އާއިލާތަކުން ކަޑަތުކުރާ ދަތިތަކާއި ވަމުންދާ ގުރުބާނީތަކުގެ އަގު ސަރުކާރުން ވަޒަންކުރާ ކަމުގެ ޔަގީންކަންވެސް އެމަނިކުފާނު ދެއްވިއެވެ.

އަދުގެ ސަރުކާރުން ދިވެހި ފުލުހުންގެ ހިދުމަތާއި، ދިވެހި އަސްކަރިއްޔާ ކުރިއަތުވާ، ތަރައްގީ ކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450