Ads by Farudhun

ޚަބަރު

ވަޒީރުންނަށް ރުހުން ދިނުމުގައި އެމްޑީޕީ މެންބަރުންނަށް "އޮޅުނީ" ފައިސާގެ ސަބަބުން - ނަޝީދު

ވަޒީރުންނަށް ރުހުން ދިނުމުގައި އެމްޑީޕީ މެންބަރުންނަށް "އޮޅުނީ" ފައިސާގެ ސަބަބުން - ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު -- ފޮޓޯ : ފަރުދުން

11 މޭ 2026، 01:48

ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓުގައި، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނެރުނު ތްރީ-ލައިން ވިޕާ ޚިލާފަށް ބައެއް މެންބަރުން ވޯޓު ދެއްވީ "ފައިސާގެ ނުފޫޒުން" ކަމަށް ބުނެ ތުހުމަތު ތަކެއްކޮށް އެމްޑީޕީގެ މެމްބަރުންނަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ފާޑުވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީގެ މެންބަރުންތަކެއް ގޮސް ސަރުކާރުގެ ވަޒީރަކަށް ރުހުން ދިނުމަކީ އެއްގޮތަކަށްވެސް އޮޅިގެން ވީކަމެއް ކަމަށް ގަބޫލުނުކުރެވޭނެ ކަމަށެވެ. އަދި މަޖިލީހުގެ ނިޒާމުގެ ތެރެއިން އެފަދަ ކަންކަން އޮޅުމަކީ ނާދިރު ކަމެއްކަން ފާހަގަކުރައްވައި، އެ "އޮޅުން" އަރާ ގޮތް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ދައުރު ނޫހުގެ ޕޮޑްކާސްޓްގައި ވާހަކަފުޅު  ދައްކަވަމުން ވިދާލުވީ އެ އޮޅޭ ގޮތް އެނގި ވަޑައިގަންގަންނަވާ ކަމަށާއި، އެ އޮޅުން އަރާނީ ފައިސާ އޮޅުމުގެ ތެރެއަށް ވަނުމުން ކަމަށެވެ.

"އަޅުގަނޑަކަށް ހަމަ ގަބޫލެއް ނުކުރެވޭ އެމްޑީޕީގެ މެންބަރުން ދިޔަގޮތަށް ގޮސް ސަރުކާރުގެ ވަޒީރަކަށް ރުހުން ދިނުން އެއީ އެމީހުންނަށް އޮޅިގެން ވީ ކަމެއް ކަމަށް. އެއްގޮތަކަށްވެސް ގަބޫލެއް ނުކުރެވޭ. ނުފިތޭނެ އޮޅިގެންނެއް، އަޅުގަނޑަށް އެނގޭ އެ އޮޅޭ ގޮތްވެސް، އަޅުގަނޑުވެސް ރައީސް ކަމުގައި ހުރެފިން ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގައިވެސް ހުރެފިން، މަޖިލީސް މެމްބަރެއްގެ ގޮތުގައިވެސް ހުރެފިން، އެހެން ވީމާ އަޅުގަނޑަށްވެސް އިނގޭ އެ އޮޅެނީ އެކަށީގެންވާ ފައިސާ އޮޅޫމުގެ ތެރެއަށް ވަނީމަކަން." ނަޝީދު ވިދާޅުވިއެވެ. 

މީގެ އިތުރުން، ދައުލަތުގެ މަތީ މަގާމުތައް ފުރުއްވާފައިވާ ބޭފުޅެއްގެ ހައިސިއްޔަތުން، މަޖިލީހުގެ ތެރޭގައި ކަންކަން ހިނގަނީ ކިހިނެއްކަން ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ. ކުރީގެ ރައީސް މުޙައްމަދު ނަޝީދު "ދައުރު" ނޫހުން ގެނެސްދިން ޕޮޑްކާސްޓެއްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، އެމަނިކުފާނަކީ ރައީސްކަމާއި، މަޖިލީހުގެ ރައީސްކަމުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަންވެސް ކުރައްވާފައިވާ ބޭފުޅަކަށް ވުމުން، މަޖިލީހުގެ ތަޅުމުގައި ކަންކަން ހިނގާ މަގު އޮޅިވަޑައިނުގަންނަވާނެ ކަމަށެވެ.

ނަޝީދު ތުހުމަތު ކުރެއްވި ގޮތުގައި، މެންބަރުންނަށް މިފަދަ "އޮޅުންތައް" އަރަނީ އެކަށީގެންވާ ވަރެއްގެ ފައިސާގެ މުއާމަލާތެއް އެކަމުގެ ތެރެއަށް ވަނުމުންނެވެ.

މީގެ އިތުރުން، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ނިންމުންތަކަށް ބަދަލު އައި ގޮތަށްވެސް އެމަނިކުފާނު ވަނީ ފާޑުވިދާޅުވެފައެވެ. އެގޮތުން، ވަކި ގޮތަކަށް ވޯޓު ދިނުމަށް ވިޕްލައިން ކަނޑައެޅުމަށްފަހު، ފަހުން ހުރިހާ މެންބަރުން ވޯޓުދީގެން އެއީ "ފްރީ ވިޕްލައިން" އަކަށް ބަދަލުކުރި ކުރުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިކަމާ ގުޅިގެން އެމްޑީޕީގެ އާންމު މެންބަރުންގެ މެދުގައިވެސް ވަނީ ނުތަނަވަސްކަން އުފެދިފައެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި، އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮވެ، ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމުގައި ޕާޓީގެ އުސޫލުތަކާ ޚިލާފަށް މެންބަރުން އަމަލުކުރުމަކީ ޕާޓީގެ ރޫހާ ޚިލާފު ކަމެކެވެ. ރައީސް ނަޝީދުގެ މި ވާހަކަފުޅުތަކާއެކު، އެމްޑީޕީގެ މަޖިލިސް މެންބަރުންނަށް ކުރެވޭ ފައިސާގެ ތުހުމަތުތައް ވަނީ އިތުރަށް ގަދަވެފައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450