Ads by Farudhun

ޚަބަރު

އެއްވެސް މީހަކު ޤައުމަށް ހަމަޖެހުން އެދޭނަމަ ޤާނޫނު މުގުރާ ވާހަކައެއް ނުދައްކާނެ: އިބްރާހިމް

އެއްވެސް މީހަކު ޤައުމަށް ހަމަޖެހުން އެދޭނަމަ ޤާނޫނު މުގުރާ ވާހަކައެއް ނުދައްކާނެ: އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އިބްރާހިމް މުޙައްމަދު. ފޮޓޯ: މަޖިލިސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

11 މޭ 2026، 10:28

11 މޭ 2026، 10:28

ކޯޓު އަމުރަކާ ޚިލާފުވާން ބާރުއެޅުމަކީ ޤައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށާއި، ޤައުމުގެ ހަމަޖެހުން އެދޭ އެއްވެސް ފަރާތަކުން ޤާނޫނު މުގުރާލުމަށް ވާހަކަ ނުދައްކާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުޙައްމަދު ވިދާޅުވެއްޖެއެވެ.

މެމްބަރު މިހެން ވިދާޅުވީ "އަދަދު" ނޫހުން އުފެއްދި ޑޮކިއުމެންޓްރީއަކާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް ގޮންޖައްސަވައި، އެ އަމުރާ ޚިލާފުވާން ތައްޔާރަށް ހުންނެވި ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ.

މެމްބަރު އިބްރާހިމް ވިދާޅުވީ ކޯޓު އަމުރާ ޚިލާފުވާން ބުނުމަކީ ހިނގަމުންދާ ދައުލަތުގެ ނިޒާމު ފުނޑުފުނޑުކޮށްލުން ކަމަށެވެ. "ކޯޓުއަމުރާ ޚިލާފުވާން ބުނުމަކީ ސީދާ ޤައުމީ ސަލާމަތަށް ނުރައްކަލެއް. ހިނގަމުންދާ ނިޒާމު ފުނޑުފުނޑުކޮށްލުން. މިއީ ނުރައްކާތެރިކަމެއް. ރައީސްކަން ކުރެއްވި އެއްވެސް މީހަކު ޤައުމަށް ހަމަޖެހުން އެދޭނަމަ ޤާނޫނު މުގުރާ ވާހަކައެއް ނުދައްކާނެ،" އިބްރާހިމް ވިދާޅުވިއެވެ.

ކުރީގެ ރައީސް ނަޝީދު ވިދާޅުވެފައިވަނީ ކޯޓުން އެ މައްސަލައިގައި ވާހަކަ ނުދެއްކޭނެ ކަމަށް ބުނެ އަމުރެއް ނެރެފައިވީ ނަމަވެސް، އެ އަމުރާ ފާޅުގައި ގިނަ ބަޔަކު ޚިލާފުވުމަކީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤުގައި ކުރެވޭނެ އިހުތިޖާޖެއް ކަމަށެވެ. "އަޅުގަނޑު މި ހުރީ ކޯޓު އަމުރާއި ހިލާފު ވުމަށް ތައްޔާރަށް،" ނަޝީދު ވިދާޅުވެފައިވެއެވެ.



ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ވަނީ "އަދަދު" ނޫހުގެ ސީއީއޯ ޙުސައިން ފިޔާޒް މޫސާ އާއި އެޑިޓަރު ޙަސަން މުޙައްމަދުގެ މައްޗަށް ގަޒުފުކުރުމުގެ ދައުވާ އުފުލާފައިވާ ކަމަށް ބަޔާންކޮށްފައެވެ. އަދި އެ ޑޮކިއުމެންޓްރީގައިވާ އެއްވެސް ވާހަކައެއް އާންމު ނުކުރުމަށާއި، މުޖުތަމައުގެ ތެރޭގައި އެ ވީޑިއޯ ދައުރު ނުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މީގެ އިތުރުން ޝަރީއަތަށް ހުށަހެޅިފައިވާ މައުލޫމާތުތައް ފެތުރުމަކީ ކޯޓުގެ ޙުރުމަތް ކެނޑުން ކަމުގައި ބެލެވިދާނެ ކަމަށްވެސް އަމުރުގައިވެއެވެ.

މި މައްސަލައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ މީގެ ކުރިން ވިދާޅުވެފައިވަނީ އެ ޑޮކިއުމެންޓްރީގައި ދައްކާފައިވަނީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި އެފަދަ ދޮގު މައުލޫމާތު ފަތުރާ ފަރާތްތަކާ މެދު ދައުވާ ކުރުމަށް ކަމާބެހޭ ފަރާތްތަކުގައި ރައީސް ވަނީ އެދިވަޑައިގެންފައެވެ.  

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450