Ads by Farudhun

ޚަބަރު

ޙައްޖުވެރިން ފުރާ ގަޑިތަކުގެ ތާވަލު ޢާންމުކޮށްފި

ޙައްޖުވެރިން ފުރާ ގަޑިތަކުގެ ތާވަލު ޢާންމުކޮށްފި

ދިވެހި ޙައްޖުވެރިން. ފޮޓޯ: ޙައްޖު ކޯޕަރޭޝަން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

13 މޭ 2026، 01:13

13 މޭ 2026، 01:13

މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަމަށް ރާއްޖެއިން ފުރާ ޙައްޖުވެރިންގެ ދަތުރުތައް ހަމަޖެހިފައިވާ ގޮތުގެ ތަފްސީލީ ތާވަލު މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން މިއަދު އާންމުކޮށްފިއެވެ. މި ތާވަލުގައިވާ ގޮތުން ޙައްޖުވެރިން ސައުދީ އަރަބިއްޔާއަށް ދަތުރުކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ މޭ މަހުގެ މެދުތެރޭގައެވެ.

ޙައްޖު ކޯޕަރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި، ޙައްޖުވެރިން ފުރުމަށް ހަމަޖެހިފައިވަނީ ޖުމްލަ ހަތަރު ފްލައިޓެއްގައެވެ. އެއީ ސައުދީ އެއާލައިންސްގެ ދެ ފްލައިޓަކާއި ގައުމީ އެއާލައިން މޯލްޑިވިއަންގެ ދެ ފްލައިޓެވެ. ފްލައިޓްތައް ފުރުމަށް ހަމަޖެހިފައިވާ ތާރީޚުތަކަކީ:

15 މޭއި 2026: ސައުދީ އެއާލައިންސް (15:25 ގައި)
17 މޭއި 2026: މޯލްޑިވިއަން (07:10 ގައި)
18 މޭއި 2026: ސައުދީ އެއާލައިންސް (15:25 ގައި)
19 މޭއި 2026: މޯލްޑިވިއަން (09:45 ގައި)
ދިވެހި ޙައްޖުވެރިންނަށް ސައުދީގައި ޚިދުމަތް ފޯރުކޮށްދޭ "ރަވާފް މިނާ" މުތައްވިފް ގްރޫޕުން ބުނެފައިވަނީ، ދިވެހި ޙައްޖުވެރިންނަށް ބޭނުންވާ ހުރިހާ އިންތިޒާމުތަކެއް އެންމެ ފުރިހަމައަށް ހަމަޖައްސައިދިނުމަށް ތައްޔާރުވަމުންދާ ކަމަށެވެ. ޚާއްޞަކޮށް ޙައްޖުވެރިންގެ ފަސޭހައަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަން އެ ފަރާތުން ފާހަގަކުރެއެވެ.

މިއަހަރުގެ ޙައްޖު އިންތިޒާމުތަކުގެ ތެރެއިން އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށެވެ. އެގޮތުން މިނާގައި ޙައްޖުވެރިން ތިބުމަށް ހަމަޖެހިފައިވާ ޓެންޓުތަކަކީ އަރާމު އަދި ފުރިހަމަ ތަންތަނަށް ހެދުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިހާރު ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް ޙައްޖު ކޯޕަރޭޝަނުން މަޢުލޫމާތުދެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450