Ads by Farudhun

ޚަބަރު

ޙައްޖުވެރިންނަަށް ޙައްޖާއި ގުޅޭ މުހިއްމު ފޮތްތަކެއް ހިލޭ ބަހަން ފަށައިފި

ޙައްޖުވެރިންނަަށް ޙައްޖާއި ގުޅޭ މުހިއްމު ފޮތްތަކެއް ހިލޭ ބަހަން ފަށައިފި

ޙައްޖުވެރިންނަށް ބަހަމުންދާ ޙައްޖާއި ގުޅޭ ފޮތްތައް. ފޮޓޯ: އިސްލާމީ ވުޒާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

13 މޭ 2026، 05:01

13 މޭ 2026، 05:01

އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ޙައްޖުވެރިންނަަށް ޙައްޖާއި ގުޅޭ މުހިއްމު ފޮތްތަކެއް ހިލޭ ބަހަން ފަށައިފިއެވެ.

މި ފޮތްތައް ބަހަން ފަށާފައިވަނީ މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލާމުގައި ކުރިއަށްދިޔަ ޙައްޖުވެރިންގެ ފުރަތަމަ ތަމްރީން ބައްދަލުވުމުގެ ތެރެއިންނެވެ.

ޙައްޖުވެރިންނަށް ހަދިޔާކުރި ފޮތްތަކުގެ ތެރޭގައި މި ފަހުން ތަރުޖަމާކޮށް ނިންމާފައިވާ "ކީރިތި ޤުރުއާނާއި ސުންނަތުގެ އަލީގައި ޙައްޖާއި ޢުމްރާގެ އަޅުކަން އަދާކުރާނެ ގޮތާއި، އަލްމަސްޖިދުއްނަބަވީއަށް ޒިޔާރަތް ކުރުން" މި ފޮތް ހިމެނެއެވެ. މި ފޮތަކީ ޙައްޖާއި ޢުމްރާގެ އަޅުކަން ފުރިހަމަގޮތުގައި އަދާކުރުމަށް ބޭނުންވާނެ މުހިއްމު މަޢުލޫމާތުތައް ހިމެނޭ ފޮތެކެވެ.

މި ފޮތް ތަރުޖަމާކޮށްދެއްވީ އައްޝައިޚް ޢަބްދުލްޤާދިރު މުޙައްމަދުއެވެ. އަދި މި ފޮތް މުރާޖަޢާކޮށްދެއްވީ އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ. މިއީ ޙައްޖުވެރިންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ކުރެވޭ މުހިއްމު މަސައްކަތެކެވެ.

އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާގޮތުގައި، މިއަހަރުން ފެށިގެން މި ފޮތާއި، ޙައްޖާއި ޢުމްރާއާއި ގުޅޭ އެކި ފޮތްތައް، ރާއްޖެއިން ފުރާ އެންމެހާ ޙައްޖުވެރިންނަށް ފޯރުކޮށްދިނުމަށް އެ ވުޒާރާއިން ވަނީ ނިންމާފައެވެ. މިއީ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ފުރާ ދިވެހި ޙައްޖުވެރިންނަށް ލިބިގެންދާނެ ވަރަށް ބޮޑު އެހީތެރިކަމެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450