Ads by Exprox

ޚަބަރު

އަޠުހަރު ޖަލުގައި ހުރިއިރު ކަން ހިނގާފައިވާ ގޮތް ފެންނަ ފުޓޭޖްތައް ދައްކައިފި

އަޠުހަރު ޖަލުގައި ހުރިއިރު ކަން ހިނގާފައިވާ ގޮތް ފެންނަ ފުޓޭޖްތައް ދައްކައިފި

ހޯމް މިނިސްޓަރު އަލީ އިހުސާން ނޫސްވެރިންނާ ބައްދަލު ކުރެއްވުން- ފޮޓޯ: ޕޮލިސް

މިންނާ ޢަބްދުލްޙަކީމް

މިންނާ ޢަބްދުލްޙަކީމް

03 ސެޕްޓެމްބަރު 2024، 12:59

03 ސެޕްޓެމްބަރު 2024، 12:59


އަންހެނަކު ރަހީނުކުރި މައްސަލައިގައި ފުލުހުން ހައްޔަރުކުރި އާދަމް އަޠުހަރު ދޫނިދޫ ގޮޅީގައި އަމިއްލަ އަށް މަރުވާން ދަންޖެހޭ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖު ފުލުހުން ނޫސްވެރިންނާއި އާއިލާއަށް ދައްކާލައިފި އެވެ.

ހޯމް މިނިސްޓަރު އަލީ އިޙްސާން ނޫސްވެރިންނާ އެކު، އިސްކަންދަރު ކޮށީގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުކުރެއްވުމެއްގައި ވަނީ އަޠުހަރު މަރުވުމުގެ ކުރިން ދޫނިދޫ ޖަލުގައި އޭނާ ހުރިއިރު ކަން ހިންގާފައިވާ ގޮތް ފެންނަ ފުޓޭޖްތައް ދައްކާލާފައެވެ. މީގެ އިތުރުން އަންހެނަކު ރަހީނުކޮށްގެން އުޅުނު ވަގުތު އޭނާއާއި ފުލުހުން މުޢާމަލާތު ކުރަން މަސައްކަތް ކުރާ ވީޑިއޯއެއްވެސް ވަނީ ދައްކާފައެވެ. ނޫސްވެރިންނަށް ވީޑިއޯތައް ދެއްކުމުގެ ކުރިން އޭނާގެ އާއިލާއަށްވެސް އެވީޑިއޯތައްވަނީ ދައްކާލާފައެވެ.


އަޠުހަރު އަމިއްލައަށް މަރުވާން މަސައްކަތްކުރި ގޮތް ސީސީޓީވީ ފުޓޭޖުން ސާފުކޮށް ފެނެ އެވެ. އަޠުހަރު ބާއްވާފައި އޮތް ގޮޅި އަށް ފުލުހުން ދިޔައިރު، އޭނާގެ އެއްވެސް ހަރަކާތެއް ނެތެވެ. އަޠުހަރު ގޮޅިން ނެރެގެން ގެންދިޔައީ ދޫނިދޫގެ މެޑިކަލް ސެންޓަރަށެވެ. އެ އަށް ފަހު ލޯންޗުގައި މާލެ ގެނެސް، އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދިނީ އެވެ. ފަރުވާދެމުން ދަނިކޮށް އަޠުހަރު މަރުވެފައިވަނީ އިއްޔެ ހަވީރު 4:08 ހާއިރު ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. މިއީ އަމިއްލަ އަށް މަރުވުމުގެ އަމަލަކަށް ވާތީ، އޭގެ ތަފުޞީލުތައް މީޑިއާގައި އާންމު ނުކުރަން ވަނީ ނިންމައިފަ އެވެ.

ފުލުހުން މި ވީޑިއޯ އާއިލާއާއި ނޫސްވެރިންނާ ޙިއްޞާ ކޮށްފައި މިވަނީ އަޠުހަރުގެ މަރާއި ގުޅިގެން މީސް މީޑިއާގައި ބައެއް ފަރާތްތަކުން ތަފާތު ތުހުމަތުތަކެއް ކުރަމުންދިޔަ ދަނޑިވަޅެއްގައެވެ. އަޠުހަރު ގޮޅީގައި ބާއްވައިގެންނާއި އަންހެނަކު ރަހީނު ކުރި ސީންގައި އޭނާގެ ބޮލުގައި ޖެހުމުން ލިބިފައިވާ ގެއްލުމުގެ ސަބަބުން މަރުވީ ކަމަށް ގިނަ ބަޔަކު ދިޔައީ ތުހުމަތު ކުރަމުންނެވެ. އެހެންނަމަވެސް ފުލުހުން ނޫސްވެރިންނަށް ދެއްކި ތިރީހަކަށް މިނެޓުގެ ވީޑިއޯތަކުން އެފަދަ އެއްވެސް މަންޒަރެއް ފެނިފައިނުވެއެވެ.

ހޯމް މިނިސްޓަރ އިޙްސާން ވިދާޅުވީ، އަޠުހަރު މަރުވި މައްސަލައާ ގުޅިގެން އެޗްއާރްސީއެމް އަދި އެންއައިސީ އިން އަންނަނީ ތަހުގީގު ކުރަމުންކަމަށެވެ. 



 

މި ލިޔުން ކިޔާލުމުން

Ads by Stelco