Ads by Farudhun

ޚަބަރު

ކިޔަން އިން ފޮތެއްގެ ސަބަބުން ފާޑު ކިޔުންތަކެއް ނަޝީދުއަށް

ކިޔަން އިން ފޮތެއްގެ ސަބަބުން ފާޑު ކިޔުންތަކެއް ނަޝީދުއަށް

ފަރުދުން އިމޭޖަސް

farudhun logo

ފަރުދުން

14 މޭ 2026، 04:16

14 މޭ 2026، 04:16

ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދަތުރުކުރެއްވި ފްލައިޓެއްގެ މަތީގައި، "ދަ ސޭފް ކީޕާސް ސީކްރެޓް"  ކިޔާ ފޮތެއް ކިޔުއްވަން އިންނެވި މަންޒަރު ފެންނަ ފޮޓޯތަކެއް އާންމުވުމާ ގުޅިގެން، ގިނަ އަދަދެއްގެ ދިވެހިންގެ ނުރުހުމާއި ފާޑުކިޔުން އެމަނިކުފާނަށް އަމާޒުވެއްޖެއެވެ.

މި ފޮތަކީ މަޝްހޫރު ލިޔުންތެރިޔާ ޝެރަން ޝިން ލިޔެފައިވާ "ޔަންގް އެޑަލްޓް ފެންޓަސީ" ނޮވެލްއެކެވެ. މި ވާހަކައިގެ މައިގަނޑު ބިނާވެފައިވަނީ އެއްޖިންސުން ގުޅުން ހިންގާ ދެ އަންހެން ކުދިންގެ މައްޗަށެވެ. ވާހަކައިގެ މައި ޝަޚްސިއްޔަތު ފިއޯނާއަކީ ސޭފް ކީޕަރެއްގެ ދަރިއެއް ކަމަށް ހީކޮށްގެން އުޅުނު ނަމަވެސް، ފަހުން އޭނާއަށް އެނގެނީ އޭނާއަކީ އެހެން ބަޔަކު ގެންގުޅެ ބޮޑުކުރި ކުއްޖެއް ކަމެވެ. މި ވާހަކައިގައި ވަރަށް ބޮޑަށް ދެ އަންހެނުންގެ ގުޅުމުގެ މައްޗަށް އަލި އަޅުވާލާފައިވެއެވެ. މީގެ ތެރޭގައި އިސްލާމީ އަގުތަކާ ނުގުޅޭ ބައެއް މައުޟޫޢުތައް ހިމެނޭކަން ގިނަ ބަޔަކު ފާހަގަކުރެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި، ރައީސް ނަޝީދު މި ފޮތް ކިޔުއްވަން އިންނެވީ އިންތިހާއަށް ޝައުގުވެރިކަމާއެކުގައެވެ. ކައިރިން ހިނގާފައި ދިޔަ މީހުން އެ ފޮތަށް ބަލަމުން ދިޔައިރުވެސް، އެކަން އެމަނިކުފާނަށް ރޭކާނުލާހާ ބޮޑަށް ފޮތަށް ގެއްލިފައި އިންނެވި ކަމަށް މަންޒަރު ދުށް ފަރާތްތަކުން ބުނެއެވެ.

މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ. ޚާއްޞަކޮށް ރައީސް ނަޝީދަކީ މީގެ ކުރިންވެސް އިސްލާމްދީނުގެ ބައެއް ހުކުމްތަކަށް ގޮންޖައްސަވައި، މާތް ﷲ އާއި އެކަލާނގެ ރަސޫލާ ކަނޑައަޅުއްވާފައިވާ ހުކުމްތައް ރާއްޖޭގައި ތަންފީޒު ނުކުރާނެ ކަމަށް މީޑިއާތަކުގައި ފާޅުގައި ވިދާޅުވެފައިވާ ބޭފުޅަކަށް ވުމުން، މިފަދަ ފޮތްތައް ކިޔުއްވުމަކީ އެމަނިކުފާނުގެ ފިކުރީ ގޮތްތައް ހާމަވާ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ.

މި ފޮތުގައި ހިމެނޭ "އެހެން ކަހަލަ" ގުޅުންތަކާއި، އިސްލާމްދީނާއި ނުގުޅޭ ބައެއް ފިލޯސަފީތަކުގެ ސަބަބުން، ދިވެހި ރައްޔިތުންގެ މެދުގައި ވަނީ ބޮޑު ކަންބޮޑުވުމެއް އުފެދިފައެވެ. ޚާއްޞަކޮށް ދިވެހިރާއްޖޭގެ ދީނީ އަދި އިޖުތިމާއީ މިންގަނޑުތަކަށް އިހުތިރާމް ކުރުމަކީ ކޮންމެ ވެރިއެއްގެ ޒިންމާއެއް ކަމަށް މީގެ ކުރިންވެސް އާންމުން ދިޔައީ ބުނަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450